މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. ދުވާފަރުގެ އެކި ސަރަޙައްދުތަކުން ކޮށާފައިވާ ގަސްތަކުގެ ދަރުތައް ނީލަންކިޔުމާ ގުޅޭ

ދުވާފަރުގެ އެކި ސަރަޙައްދުތަކުން ކޮށާފައިވާ ގަސްތަކުގެ ދަރުތައް ނީލަންކިޔުމާ ގުޅޭ

ރ. ދުވާފަރުގެ އެކި ސަރަޙައްދުތަކުން ކޮށާފައިހުރި ގަސްތަކުގެ ދަރުތައް ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. މި ނީލަން ކިޔުން އޮންނާނީ 11 ނޮވެމްބަރު 2026 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގައި، ދުވާފަރު ދަންޑަހެލު ސްޓޭޑިއަމްގައެވެ.ނީލަމުގައި ބައިވެރިވެލައްވަން އެދިވަޑައިގަންނަވާ އެންމެހައި ފަރާތްތަކުން، ކަނޑައެޅިފައިވާ ގަޑިއަށް ދަންޑަހެލު ސްޓޭޑިއަމަށް ވަޑައިގެންނެވުމުން ނީލަމުގައި ބައިވެރިވެވޭނެއެވެ.

ނީލަމާ ގުޅޭ މުހިންމު މަޢުލޫމާތު:

  1. ފައިސާ ދެއްކުން: ނީލަމުން ބައްލަވައިގަންނަވާ ތަކެތި ދޫކުރެވޭނީ، އެ ތަކެއްޗަށް ދައްކަވަންޖެހޭ ފައިސާ މި އިދާރާގެ އެކައުންޓަށް (7717700458001 (1345 ރެވެނިއު 1)( ޖަމާކުރެއްވުމުންނެވެ. ފައިސާ ޖަމާކުރެއްވުމަށްފަހު، ފައިސާ ޖަމާކުރި ސްލިޕް މި އިދާރާގެ ނަންބަރު 7602781  އަށް ވައިބަރ ކުރައްވަންވާނެއެވެ.
  2. ތަކެތި ގެންދިއުން: ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން، ފައިސާ ދެއްކެވުމަށްފަހު 3  (ތިނެއް) ދުވަހުގެ ތެރޭގައި އެ ތަކެތި އެ ސަރަޙައްދުން ގެންގޮސް ނިންމަވަންވާނެއެވެ.
  3. މުއްދަތު ހަމަވުން: ކަނޑައެޅިފައިވާ 3 ދުވަހުގެ މުއްދަތުގައި ނުގެންގޮސް ހުންނަ ތަކެއްޗަކީ ބޭނުންނެތް ތަކެތި ކަމުގައި ބަލައި، އެ ތަކެތި މި އިދާރާގެ ފަރާތުން ނައްތާލެވޭނެއެވެ. އަދި މިފަދަ ޙާލަތްތަކުގައި ދައްކާފައިވާ ފައިސާ އަނބުރާ ރައްދު ނުކުރެވޭނެއެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

30 ޖުމާދަލްއޫލާ 1448

10 ނޮވެމްބަރ  2026

10 ނޮވެންބަރު 2026
ހޯދާ