މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ސްކޫލް
ދިވެހިރާއްޖެ
2027 ވަނަ އަހަރު މާޅެންދޫ ސްކޫލްގެ ސެކިއުރިޓީ ބަލަހަށްޓައިދޭނެ ފަރާތެއް ހޯދުމާ ގުޅޭ

     ނ.މާޅެންދޫ ސްކޫލްގެ ސެކިއުރިޓީ އެއްއަހަރު ދުވަހަށް (1 ޖަނަވަރީ 2027 ހުން 31 ޑިސެމްބަރ 2027  އަށް) ބަލަހައްޓައިދޭނެ  ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.   ވީމާ މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 19 ނޮވެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ  ކުރިން މިއިޢުލާނާއި އެޓޭޗްކޮށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރުއްވުމަށްފަހު [email protected] އަށް، އީމެއިލް ނުވަތަ ސުކޫލު އޮފީހަށް  ހުށަހެޅުއްވުމަށް  ދަންނަވަމެވެ. މި އިއުލާނާއި ގުޅިގެން ބިޑްހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރައްވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ބާއްވާ ސެޝަން އެއް 19 ނޮވެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ސުކޫލުގެ އޮފީހުގައި އޮށްނާނެއެވެ. މިއިއުލާނާއި ގުޅޭ ފޯމްތަކާއި އަދި މައުލޫމާތު ކަރުދާސްތައް މި އިއުލާނުގެ އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމާއި، ބަލައިގަތުން އޮންނާނީ 30 ނޮވެމްބަރ  2026 ވާ ހޯމަ  ދުވަހުގެ 13:00ގައި މި ސުކޫލުގެ އޮފީހުގައެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014)ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.                  

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައްޔާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލު ކުރެވޭނީ 1 ފަރާތެވެ. މި ބިޑަށް ރަޖިސްޓްރީ ނުވާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. މި އިޢުލާނަށް އެއްފަރާތަކުން ކުރިމަތިލީ ކަމުގައިވީނަމަވެސް ޝަރުތު ހަމަވާކަމުގައި ވާނަމަ އެފަރާތަކާ އެމަސައްކަތް ހަވާލްކުރެވޭނެ ކަމުގައިދަންނަވަމެވެ. އިތުރު މަޢްލޫމާތު ބޭނުންވެލައްވާ ފަރާތްތަކުން މިސްކޫލްގެ ނަންބަރ 6560575 ފޯނަށް ގުޅުއްވުން އެދެމެވެ.މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކާއި އިޢްލާން ކުރީމެވެ.

10 ނޮވެންބަރު 2026
ހޯދާ