ދިވެހިރާއްޖެ
ނަންބަރ: ASND/GA/IUL/2026/39
މި ކުންފުނީގެ ބޭނުމަށް، މަދުވެގެން 14000 އަކަފޫޓުގެ އޮފީސް ޢިމާރާތެއް ނުވަތަ ޖާގައެއް 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 19 ނޮވެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ރެޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ވެލެއްވުމަށްޓަކައި، ކުންފުނީގެ ނަން، ގުޅޭނެ ފަރާތުގެ ފުރިހަމަ ނަމާއި ފޯނު ނަންބަރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު، އީމެއިލް އެޑްރެސް އަދި މި އިޢުލާން ނަންބަރު އެނގޭނޭހެން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.
މި މަސައްކަތަށް ރެޖިސްޓްރީ ވެލައްވާ ފަރާތްތަކަށް ބާއްވާ ޕްރީ ބިޑް މީޓިންގއެއް 24 ނޮވެންބަރު 2026 ވާ އަންގާރަ ދުވަހުގެ 14:00 ގައި މި ކުންފުނީގެ މައި އޮފީސް (ފެން ބިލްޑިންގ 3 ވަނަ ފަންގިފިލާ) ގައި އޮންނާނެއެވެ.
އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 26 ނޮވެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި އޮންލައިންކޮށް (ވެބް މީޓިންގ މެދުވެރިކޮށް) ކަމުގައި ދަންނަވަމެވެ. ބައްދަލުވުމުގެ ލިންކް، ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.
ކަނޑައެޅިފައިވާ ސުންގަޑި އަށް ރެޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކާއި ވެބް މީޓިންގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެވެ.
10 ނޮވެންބަރު 2026
ޕްރޮކިޔުމެންޓް ސެކްޝަން
ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ
އަމީނީ މަގު، މައްޗަންގޯޅި، 20375
މާލެ، ދިވެހިރާއްޖެ
އީމެއިލް: [email protected] ވެބްސައިޓް: www.aasandha.mv ފޯން: 3011483 / 7451400
