ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަކްތަބުއްނޫރު ޕްރީސްކޫލް މަރާމާތުކުރުމާއި ގުޅޭ

މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި، މަކްތަބުއްނޫރު ޕްރީސްކޫލް މަރާމާތުކުރުމުގެ މަސައްކަތް

ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ބިޑް ރަޖިސްޓްރީ ވުމުގެ ސުންގަޑި  : 2026 ނޮވެމްބަރ 23 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލްކޮށް ނުވަތަ އިދާރާގެ ކައުންޓަރަށް ހުށަހަޅައިގެން

މަޢުލޫމާތު ދިނުން : މި މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 2026 ނޮވެމްބަރ 25 ވާ ބުދަ ދުވަހުގެ 13:15 ގައި ކައުންސިލް އިދާރާގެ ހޯލުގައެވެ. މި މސައްކަތާއި ގުޅޭ މަޢުލޫމާތު ހޯދުމަކީ ބިޑް ރަޖިސްޓްރީ ކުރާ ފަރާތުގެ ޒިންމާއެކެވެ.

އަންދާސީ ހިސާބު ހުށަހެޅުން : އަންދާސީ ހިސާބު ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި 2026 ނޮވެމްބަރ 30 ވާ ހޯމަ ދުވަހުގެ 13:00 ގައި ނޭކުރެންދޫ ކައުންސިލްގެ އިދާރާއަށް ދުރުވެއެވެ.

ބިޑް ރަޖިސްޓްރީ ކުރާ ފޯމް މި އިދާރާގެ ކައުންޓަރުން ރަސްމީގަޑީގައި ލިބެން ހުންނާނެއެވެ. އަދި މި ފޯމް މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅާނީ އަގު ހުށަހަޅާ ފޯމުގައެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

      މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6520042 ނަމމްބަރު ފޯނާ ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 ނޮވެންބަރު 2026
ހޯދާ