ދިވެހިރާއްޖެ
ނިލަންދެ އަތޮޅު ދެކުނުބުރީ މީދޫގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ތައްޔާރު ކުރުމުގެ މަސައްކަތް ކޮށްދޭނެ ކޮންސަލްޓެންޓެއް ހޯދުން - އެވޯޑްކުރުން
ނިލަންދެ އަތޮޅު ދެކުނުބުރީ މީދޫގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ތައްޔާރު ކުރުމުގެ މަސައްކަތް ކޮށްދޭނެ ކޮންސަލްޓެންޓެއްހޯދުމަށް އެދި ޢާއްމުކުރެވިފައިވާ ނަންބަރު (IUL)375/375/2026/60 އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އަޕް ކްލޯސް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑް އާއި މިމަސައްކަތް ޙަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް މިކައުންސިލްގެ ބިޑްކޮމިޓީގެ 2026 ވަނަ އަހަރުގެ 07 ވަނަ ޖަލްސާއިން ނިންމާފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
މިކަމާއި ގުޅިގެން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 19 ނޮވެމްބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 11:00ގެ ކުރިން މިއިދާރާގެ އީ-މެއިލް [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. މިއިޢުލާނާއެކު ބިޑް އިވެލުއޭޝަން ޝީޓް އެޓޭޗްކުރެވިފައިވާނެކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
