އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ހުރެގެން ވޯޓުލުމަށް ރަޖިސްޓަރީ ކުރުން

ރިޔާސީ އިންތިޚާބު 2013 ގެ ފުރަތަމަ އަދި ދެވަނަ ބުރުގައި އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ހުރެގެން ވޯޓުލުމަށް ބޭނުންވާ ފަރާތްތައް ރަޖިސްޓަރީ ކުރުމަށްޓަކައި އިލެކްޝަން ކޮމިޝަންގެ އިދާރާގެ އެއްވެސް މުވައްޒަފެއް މާލޭ ސިޓީގެ އެކިއެކި ގޭގެޔައް ޒިޔާރަތްކޮށް ރަޖިސްޓަރީ ކުރާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.

އަދި ދަންނަވަމެވެ. އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ހުރެގެން ވޯޓުލުމަށް ބޭނުންވާ ފަރާތްތައް ރަޖިސްޓަރީ ކުރުމަށްޓަކައި މާލޭ ސިޓީގައި ނަމަ ތިރީގައި މިދަންނަވާ ތަންތަނުން މެނުވީ، ރަޖިސްޓަރީ ނުކޮށްދެވޭނެއެވެ.

ފޯމު ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ   މާލޭ ސިޓީގައި ނަމަ

  1. ރިޔާސީ އިންތިޚާބު 2013 ގެ ރަޖިސްޓްރޭޝަން މައި މަރުކަޒު (ހަނދުވަރީހިނގުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ ބިލެޑިންގ ގެ ދެކުނުފަރާތުގައި، ކުރީގެ ގޯޑައުން ހިންގި އިމާރާތުގެ ގްރައުންޑް ފްލޯރ
  2. ގާޒީ ސްކޫލްގެ ކޮމަން ރޫމް (ހުޅުމާލެ)
  3. ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ތަމްރީން ދޭ މަރުކަޒު (ވިލިމާލެ)
  4. ރާޅުގަޑު ސަރަހައްދު ގައި ބަހައްޓާފައިވާ އިލެކްޝަން ކޮމިޝަންގެ ޓެންޓު (ބޮޑުތަކުރުފާނު މަގު)

އިލެކްޝަންސް ކޮމިޝަންގެ ނަމުގައި ގޭގެޔަށްގޮސް ރަޖިސްޓަރީ ކުރުމުގެ މައުލޫމާތު ހޯދާކަމުގެ ޝަކުވާ މި ކޮމިޝަނަށް ލިބިފައިވާތީވެ، މިކަމަށް ދިވެހި ރައްޔިތުން ސަމާލުވެލެއްވުމަށް ދަންނަވަމެވެ. މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

17 ރަމަޟާން 1434

25 ޖުލައި 2013
ހޯދާ