ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮޅުވެލިފުށީ ޤަބުރުސްތާން ވިނަނޮޅާސާފުކުރުން

އޮޅުވެލިފުށީ ޤަބުރުސްތާން ވިނަނޮޅާސާފުކުރުން

މި އިދާރާއިން ދޭ މައުލޫމާތާ އެއްގޮތަށް އޮޅުވެލިފުށީ ޤަބުރުސްތާން ވިނަނޮޅާ ސާފުކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚުގައި މި އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުން އޮންނާނީ 16 ނޮވެންބަރު 2026 ވާ ހޯމަ ދުވަހުގެ 13:00 ގައި އޮޅުވެލިފުށީ ކައުންސިލް އިދާރާގައެވެ. ބީލަން ހުށަހެޅުން އޮންނާނީ 19 ނޮވެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި އޮޅުވެލިފުށީ ކައުންސިލް އިދާރާގައެވެ.

މި މަސައްކަތް ކުރުމަށް އަންދާސީ ހިސާބު ހުށަހެޅޭނީ އަމިއްލަ ފަރުދުންނަށާއި، ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ

އީމެއިލް: [email protected]

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

01 ޖުމާދަލްއާޚިރާ 1448

10  ނޮވެންބަރު 2026

10 ނޮވެންބަރު 2026
ހޯދާ