ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވޭމަންޑޫގެ ބިންހިއްކުމާއި ގުޅިގެން ޑިންގީފަހަރު އެހެލައި ބޭލުމާއިގުޅޭ
ވޭމަންޑޫގެ ބިންހިއްކުމާއި ގުޅިގެން ޑިންގީފަހަރު އެހެލައި ބޭލުމަށް ބޭނުންކުރާނެ ސަރަޙައްދެއް މިހާރުން މިހާރަށްވެސް ބޭނުންވާ ކަމުގައި، އެފަދަ އުޅަނދު ފަހަރު ގެންގުޅުއްވާ ފަރާތްތަކުން ކައުންސިލްގައި އެދެމުން ދިއުމާއި ގުޅިގެން، 7 ޖުލައި 2026 ފެށިގެން ކައުންސިލްގެ ހުއްދައާއިއެކު، ޑިންގީފަހަރު އެހެލައި ބޭލުމުގެ މަސައްކަތް ކުރުމަށް ރަށުގެ ހުޅަނގުކޮޅު، ބޮޑުފާލަމުން ފެށިގެން ދެކުނަށް 150 ފޫޓް ހިމެނޭ ސަރަޙައްދުން ވަގުތީގޮތުން ހަމަޖައްސަވާފައި ވީނަމަވެސް ކައުންސިލްގެ ހުއްދަނެތި ބުނެވިދިޔަ ސަރަޙައްދަށް އުޅަނދުފަހަރު އަރުވައި ބޭލުމުގެ މަސައްކަތާއި، އަދި ފައިބަރގެ މަސައްކަތް ކުރަމުންދާ ކަން މިއިދާރާއަށްވަނީ ފާހަގަ ކުރެވިފައެވެ. ހުއްދަނެތި އުޅަނދުފަހަރަ އަރުވާ ބޭލުމާއި ފައިބަރު ކުރުމުގެ އެއްވެސް މަސައްކަތެއް ކުރުމަކީ މަނާކަމެއް ކަމުގައި ދެންނެވީމެވެ.
10 ނޮވެންބަރު 2026
ހޯދާ
