ދިވެހިރާއްޖެ
ވޭމަންޑޫ ދުނބުރިމަގު (ރަށުގެ ދެކުނު، ރޯޝަނީމަގުގެ ހުޅަނގުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގެ ދެކުނުން) ހެދުމުގެ ގޮތުން އެމަގަށްއަރާ ރުއްގަސްތައް ނަގައި ސާފުކުރުމަށް ބޭނުންވާތީ، މަގަށްއަރާ ރުއްގަހުގައި ނަންބަރު ޖަހާފައިވާނެއެވެ.
ވީމާ، ޤާނޫނު ނަމްބަރު 1998/21 ( މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫން ) އާއި އެއްގޮތައް ހުއްދަލިބިގެން އިންދާ ހައްދާފައިވާ ރުއްގަހުގެ ބަދަލުގެ މައްސަލަ ހަމަޖެއްސުމަށްޓަކައި އެރުއްގަހުގެ ވެރިން، 18 ނޮވެމްބަރު 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ވޭމަންޑޫ ކައުންސިލަށް ވަޑައިގެން ރުއްގަހުގައި ޖަހާފައިވާ ނަންބަރު ވޭމަންޑޫ ކައުންސިލަށް އަންގަވައި ދެއްވުން އެދެމެވެ. އަދި މިދެންނެވި ރުއްގަހުގެ ތެރެއިން ޤާނޫނާއި، ޤަވާޢިދާއި ޚިލާފަށް އިންދާފައިވާ އެއްވެސް ރުއްގަހަކަށް ބަދަލު ދެވެން ނޯންނާނެކަމުގައި ދެންނެވީމެވެ. އަދި ދަންނަވަމެވެ. ޤާނޫނާއި ޤަވާޢިދާ ޚިލާފަށް އިންދާފައިހުރި ރުއްގަސް އިންދި ފަރާތްތަކުން ރުއްގަސްތައް، 19 ނޮވެމްބަރު 2026 ވާ ބުރާސްފަތި ދުވަހުގެ ކުރިން ނެންގެވުން އެދެމެވެ. އިޢުލާންގެ މުއްދަތު ހަމަވާއިރު ވެރިފަރާތް ނާންގައިހުރި ރުއްގަހާއި، ޤާނޫނާއި ޚިލާފަށް އިންދާފައިހުރި ރުއްގަހާއި ތަކެތި މިކައުންސިލުން ނަގައި ނައްތާލެވޭނެ ކަމުގައި ދަންނަވަމެވެ.
