ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކިންގުކަޕް ފުޓްބޯޅަ އަދި ވޮލީ މުބާރާތް ލައިވްކުރުމާއި ފޮޓޯނެގުން

ކިންގްކަޕް ފުޓްބޯޅަ އަދި ވޮލީ މުބާރާތް ލައިވް ކުރުމާއި ފޮޓޯނެގުން

                        މިރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކިންގުކަޕް ފުޓްބޯޅަ މުބާރާތާއި، ވޮލީ މުބާރާތް އަމިއްލަތަކެތީލައި ލައިވްކުރުމާއި ފޮޓޯ ނެގުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

     ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިމަސައްކަތްކުރުމަށް ބީލަން ހުށަހެޅޭނީ، ޤާނޫނު ނަމްބަރު 18/2014 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޤާނޫނު ނަމްބަރު 19/2014 (އަމިއްލަފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށެވެ. 

 

ބީލަމުގައި ބައިވެރިވުމަށްއެދޭ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު" ފުރުއްވުމަށްފަހު، މި އިދާރާގެ އީމެއިލް [email protected] އަށް ފޮނުއްވައިގެން ނުވަތަ ކައުންސިލަށް ހުށަހަޅުއްވައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އީމެއިލްގެ ޒަރިއްޔާއިން ރަޖިސްޓްރީ ކުރައްވާނަމަ ރަޖިސްޓްރީ ކުރެވުނުކަން، އެ ފަރާތަކަށް އީމެއިލް މެދުވެރިކޮށް އެންގޭނެއެވެ.  

 

ބީލަން ރަޖިސްޓްރީ ކުރުން:

10 ނޮވެމްބަރ 2026 ން 22 ނޮވެމްބަރ 2026 ގެ 13:00 ގެ ނިޔަލަށް

ބީލަން ބަލައިގަތުން :

25 ނޮވެމްބަރ 2026 ވަނަ ދުވަހުގެ 13:00 ގައި މިއިދާރާގައި

 

ބީލަން ހުށަހެޅުމަށާއި ބީލަން ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ޙާޟިރުގައެވެ. ބީލަން ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ބީލަން ހުށަހަޅާ ފޯމް އަދި މިކަމާ ގުޅޭ މައުލޫމާތު ކަރުދާސް މިއިޢުލާނާއެކު ވާނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މި އިދާރާގެ ނަންބަރު 6500032 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

10 ނޮވެންބަރު 2026
ހޯދާ