ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވައިކަރަދޫ ކައުންސިލްގެ ޤުރުއާން މުބާރާތް 2026

މިކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ޤުރުއާން މުބާރާތް މި މަހު 11 ވާ ބުދަ ދުވަހުގެރޭ (މާދަމާ ރޭ) 20:00 ގައި ސުލައިމާނިއްޔާ ސްކޫލްގައި ފެށޭނެއެވެ. އަދި ކިޔެވުން ކުރިއަށް ގެންދެވޭނެ ތާރީޚާއި ގަޑިތައް ތިރީގައި މިވަނީއެވެ.

  1. ފުރަތަމަ ދަންފަޅި 11 ނޮވެންބަރު 2026 (ބުދަ) ދުވަހުގެ ރޭ 20:00 އިން 21:30 އަށް.
  2. ދެވަނަ ދަންފަޅި 12 ނޮވެންބަރު 2026 (ބުރާސްފަތި) ދުވަހުގެ ހަވީރު 16:30 އިން 17:30 އަށް.
  3. ތިންވަނަ ދަންފަޅި 12 ނޮވެންބަރު 2026 (ބުރާސްފަތި) ދުވަހުގެ ރޭ 20:00 އިން 21:30 އަށް.
  4. ހަތަރުވަނަ ދަންފަޅި 13 ނޮވެންބަރު 2026 (ހުކުރު) ދުވަހުގެ ރޭ 20:00 އިން 21:00 އަށް.

ވީމާ ޢިޢުލާންކޮށްފައިވާ ޝެޑިއުލާ އެއްގޮތަށް ދަރިވަރުން ކިޔަވަން ހާޒިރުވުން އެދެމެވެ. އަދި މި މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ހުރިހާ ބައިވެރިންނާއި އެކުދިންގެ ބެލެނިވެރިން ބައިވެރިވެ ދެއްވުން އެދެމެވެ. 

           ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

10 ނޮވެންބަރު 2026
ހޯދާ