އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޮޑުފޮޅުދޫ ގެސްޓް ޒޯން2 ގެ ގެސްޓްހައުސް ލޭންޑްސްލޮޓް (ސްލޮޓް 71.1.4) ގެ 4395.00 އަކަފޫޓުގެ ބިން ގެސްޓްހައުސް އެއް ހަދާ ހިންގުމަށްޓަކައި 50 އަހަރުދުވަހުގެ މުއްދަތަކަށް ކުއްޔައްދިނުމާއި ގުޅޭ

ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ތަނާއި، ބޭނުން

އއ.ބޮޑުފޮޅުދޫ ގެސްޓް ޒޯން2 ގެ ގެސްޓްހައުސް ލޭންޑްސްލޮޓް (ސްލޮޓް 71.1.4) ގެ 4395.00 އަކަފޫޓުގެ ބިމުގައި ގެސްޓްހައުސް އެއް ހަދައި ހިންގުން.

ބިން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ މުއްދަތު:

50 (ފަންސާސް) އަހަރަށް

ބިމު ކުލި:

ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 4 (ހަތަރެއް) ރުފިޔާ.

ބިޑްފޮތް ވިއްކުން:

މި ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ބިޑް ޑޮކިއުމަންޓް ވިއްކައިގެންނެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު އއ.ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާއިން 10 ނޮވެމްބަރ 2026 އިން 26 ނޮވެމްބަރ 2026 އަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 12:00 އާ ދެމެދު ލިބިވަޑައިގަންނަވާނެއެވެ.

ބިޑްފޮތް ވިއްކާ އަގު:

ބިޑްޑޮކިޔުމެންޓްގެ އަގަކީ 5،000 (ފަސްހާސްރުފިޔާ) އެވެ.

އެހެނިހެން:

ބިޑް ކުރާ ކޮންމެފަރާތަކުންވެސް 100,000/-ރ (އެއްލައްކަރުފިޔާ) ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަންވާނެއެވެ. މި ބިޑް ސެކިއުރިޓީއަކީ، ރާއްޖޭގައި ހިންގާ ބޭންކަކުން ނުވަތަ ސަރުކާރުން ޤަބޫލުކުރާ ފައިނޭންޝަލް އިންސްޓްޓިއުޝަނަކުން ދޫކުރެވިފައިވާ، ބިޑް ހުޅުވާ ތާރީޚުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ މުއްދަތަށް ޞައްޙަކަން ދެމިއޮންނާނެގޮތަށް ދޫކޮށްފައިވާ ބިޑް ސެކިއުރިޓީއަކަށް ވާންވާނެއެވެ.

ބިން ކުއްޔަށް ލިބިގަތުމުގެ ފީއަކީ ޤާނޫނުން ނުވަތަ ގަވާއިދުން ނުވަތަ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ އެހެން ހުރިހާ ފީއަކާއި އަގަކާއި ފައިސާއެއްގެ އިތުރުން ހުށަހަޅާ ފީއެކެވެ. ބިން ކުއްޔަށް ލިބިގަތުމުގެ ފީ އެއްގެ ގޮތުން އެންމެ ދަށްވެގެން ހުށަހެޅޭނީ    500,000/-ރ( (ފަސްސަތޭކަހާސްރުފިޔާ) އެވެ. ބިން ކުއްޔަށް ލިބިގަތުމުގެ ފީގެ ގޮތުގައި ހުށަހަޅާ ފައިސާގެ ޢަދަދަކީ ޕޮއިންޓް ދެވޭނެ ފައިސާގެ ޢަދަދެކެވެ. އަދި އެ ފީގެ ގޮތުގައި ހުށަހަޅާ ޢަދަދަށް ބިނާކޮށް، އެ ކެޓެގަރީން ލިބޭ ޕޮއިންޓްގެ ޢަދަދު މަދުވެ ގިނަވާ ގޮތުގެމަތިންނެވެ. މި ފައިސާ އަކީ ބިޑް ކާމިޔާބު ކުރާ ފަރާތް ނޯޓިފިކޭޝަން އޮފް އެވޯޑްއާއި ހަވާލުވުމަށްފަހު ކައުންސިލްއާއި ދެމެދު އެއްބަސްވުމުގައި ސޮއި ކުރާ ދުވަހުގެ ކުރިން އެކީ އެއްފަހަރާ ދައްކަންޖެހޭ ފައިސާއެކެވެ. އަދި މިއީ އެއްބަސްވުމުގައި ސޮއި ކުރާ ފަހުން ބިޑް ކާމިޔާބު ކުރާ ފަރާތަށް އަނބުރާ ލިބޭނެ ނުވަތަ ރިފަންޑް ކުރެވޭނެ ފައިސާއެއް ނޫނެވެ.

ބިޑް ޑޮކިއުމަންޓް އިޞްލާޙުކުރުން

- ކައުންސިލްގެ އަމިއްލަ އިޚްތިޔާރުގައި ނުވަތަ ބިޑް ހުށަހަޅަން ބިޑް ފޯމް ގަނެފައިވާ ފަރާތަކުން ސާފުކުރަން އެދޭ ބިޑް ޑޮކިއުމަންޓްގެ މަޢުލޫމާތަކާ ގުޅިގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ބިޑް ޑޮކިއުމަންޓަށް،  އިޞްލާޙު ގެނައުމުގެ ފުރިހަމަ އިޚްތިޔާރު، 16 ނޮވެމްބަރ 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން، ކައުންސިލަށް ލިބިގެންވެއެވެ.

- ކައުންސިލުން ބިޑް ޑޮކިއުމަންޓަށް ގެންނަ ކޮންމެ އިޞްލާޙެއްވެސް، ބިޑް ޑޮކިއުމަންޓް ގަނެފައިވާ ހުރިހާ ފަރާތްތަކަށް ފޯރުކޮށްދީ، އެކަން ޢާންމުކޮށް އިޢުލާނުކުރެވޭނެއެވެ.

ބިޑް ހުށަހަޅަންޖެހޭ ތަން:

އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާއަށް ނުވަތަ އެކަންކުރުމަށް ކައުންސިލްގެ އިދާރާއިން ކަނޑައަޅައި، ދުރާލާ ޢާންމުކޮށް އަންގާ އެޑްރެހަކަށެވެ.

ބިޑް ހުށައެޅުމާއި ހުޅުވާ ތާރީޚު އަދި ގަޑި:

ތާރީޚު: 30 ނޮވެމްބަރ 2026

ގަޑި: 11:00

ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަމެއް ނުވަތަ ބީލަމަކާއި ގުޅުންހުރި އެއްވެސް ލިޔެކިޔުމެއް ބަލައި ނުގަނެވޭނެއެވެ.

ބިޑް ހުޅުވާ ތަން:

ބިޑް ހުށަހަޅާ ފަރާތްތަކުގެ ޙާޒިރުގައި ނުވަތަ އެފަރާތްތަކުން ފޮނުވާ މަންދޫބުންގެ ޙާޒިރުގައި ބާއްވާ ބައްދަލުވުމެއްގައި، ކައުންސިލްގެ އިދާރާގައެވެ. ނުވަތަ އެކަންކުރުމަށް ކައުންސިލްގެ އިދާރާއިން ކަނޑައަޅައި، ދުރާލާ ޢާންމުކޮށް އަންގާފައިވާ އެޑްރެހެއްގައެވެ.

އިތުރު މަޢުލޫމާތު:

ބިޑް ހުށަހެޅުމަށް ބިޑް ޑޮކިޔުމެންޓް ގަނެފައިވާ ފަރާތްތަކުގެ ތެރެއިން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންވާ ފަރާތްތަކުން 16 ނޮވެމްބަރ 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން، ލިޔުމަކުން ކައުންސިލްއަށް ހުށަހެޅުއްވުން ނުވަތަ  [email protected]  އީމެއިލް ކުރެއްވުން އެދެމެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ބީލަންތައް ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައި، ބިޑްގެ 1 އޮރިޖިނަލް އޮންނަ ގޮތަށެވެ. އެ ސިޓީއުރައިގައި ކައުންސިލްގެ އިދާރާގެ ފުރިހަމަ އެޑްރެސް އޮންނަންވާނެއެވެ. އަދި އަންނަނިވި ޢިބާރާތް ސިޓީއުރައިގައި ކައުންސިލްގެ އިދާރާގެ އެޑްރެސް ޖަހާ ފަރާތުގެ އެންމެމަތީގައި، މެދަށްވާގޮތަށް، ފުރިހަމައަށް ލިޔެފައި އޮންނަންވާނެއެވެ.

"ޓޫރިސްޓް ގެސްޓްހައުސް ހެދުމަށްޓަކައި ބިން ކުއްޔަށް ހިފުމަށް ހުށަހަޅާ ބިޑް"

"30 ނޮވެމްބަރ 2026"

      ސިޓީއުރައިގެ ބޭރުގައި، ބިޑް ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ލިޔެފައި އޮންނަންވާނެއެވެ. އަދި ސިޓީއުރައިގެ ކަނާތްފަރާތު މަތީކަނުގައި ބިޑްގެ ސީރިއަލް ނަންބަރު ލިޔެފައި އޮންނަންވާނެއެވެ.

            ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 ޖުމާދަލްއާޚިރާ 1448 

10 ނޮވެމްބަރ 2026

10 ނޮވެންބަރު 2026
ހޯދާ