އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ ދިވެހިރައްޔިތުން ރިޔާސީ އިންތިޚާބު 2013 ގައި ވޯޓުލުމަށް ރަޖިސްޓަރީކުރުމާބެހޭ

ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ ދިވެހިރައްޔިތުންނަށް، ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީކުރުމުގައި ދަތިތަކެއް ކުރިމަތިވަމުންދާތީ، އެފަދަ ފަރާތްތަކަށް އެފަރާތްތަކުގެ އާއިލާ ނުވަތަ ރައްޓެހިން މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މިގޮތުން ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް އެދޭ ފޯމު ފުރިހަމަކޮށް، އައިޑީކާޑުގެ ކޮޕީއަކާއެކު އެފޯމުގައިވާ މައުލޫމާތުތަކަށް ޒިންމާވެވޭވަރުގެ ފަރާތެއްގެ އީމެއިލް ނުވަތަ ފެކުހަށް ފޮނުވައިގެން އެފަރާތްތައް މެދުވެރިކޮށް އިލެކްޝަން ކޮމިޝަނަށް ނުވަތަ ރާއްޖެއިން ބޭރުގައިވާ ދިވެހިރާއްޖޭގެ                   ހައި ކޮމިޝަން/ކޮންސިއުލޭޓުގައި މަސައްކަތްކުރާ ފޯކަލް ޕޮއިންޓަށް، ފޯމު ގެންނަ ފަރާތެއް ޒިންމާވާގޮތަށް ގެންނަ ފޯމު ބަލައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

ނަމަވެސް ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ ދިވެހިރައްޔިތުން، ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދި އީމެއިލުން ނުވަތަ ފެކުހުން ސީދާ އިލެކްޝަންސް ކޮމިޝަނަށް ނުވަތަ ރާއްޖެއިން ބޭރުގައިވާ ދިވެހިރާއްޖޭގެ ހައި ކޮމިޝަން/ކޮންސިއުލޭޓްތަކަށް ފޮނުވާ ފޯމު ބަލައިގަންނަ ގޮތަށް ހަމަޖެހިފައެއް ނުވެއެވެ.

ވީމާ މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

19 ރަމަޟާން 1434

27 ޖުލައި 2013
ހޯދާ