ދިވެހިރާއްޖެ
ފެލިދޫ ދެކުނުފަރާތު އަތިރިމަތިން ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ބިމުގައި ކެފޭ އަދި ރެސްޓޯރެންޓް ހިންގުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މިކަމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. އަދި އެފަރާތަކީ ފެލިދޫ ރައްޔިތެއް ނުވަތަ ފެލިދޫގައި ވިޔަފާރިކުރާ ފަރާތަކަށް ވާންވާނެއެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ޖަދުވަލު 1 ގައިވާ "ބީލަން ހުށަހަޅާ ފޯމް" އާއިއެކު ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "ކެފޭ އަދި ރެސްޓޯރެންޓް ހިންގުމަށް ބިން ކުއްޔަށް ހިފުން" މިހެން ލިޔެފައި އަދި ކުންފުނީގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
|
ބިޑް މަރުހަލާތައް |
ތާރީޚް |
ދުވަސް |
ގަޑި |
ތަން |
|
ބިޑް ހުށަހެޅުން |
23 ނޮވެމްބަރ 2026 |
ހޯމަ |
11:00 |
ފެލިދޫ ކައުންސިލްގެ މީޓިން ހޯލް |
ކުއްޔަށް ދޫކުރާ ބިމުގެ އެންމެ ބޮޑުމިނަކީ 5000 އަކަފޫޓެވެ. އަތިރިމަތިން ބިން ދޫކުރާ ގޮތާއި އެކަމަށް ފީނަގާގޮތުގެ ތަފްޞީލް "ވ.ފެލިދޫ އަތިރި މަތިން ކެފޭ އަދި ރެސްޓޯރަންޓް ހިންގުމަށް ބިން ދޫކުރުމާއި އަދި އެބިމުން ފީނެގުމާބެހޭ އުސޫލު" ގައި ބަޔާންކުރެވިފައިވާނެއެވެ. މިއުސޫލާއި ބިމުގެ ސަރަހައްދު ދައްކުވައިދޭ ޗާޓް މިއިޢުލާނާއި އެއްހީރަސްކުރެވިފައިވާނެއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 ނޮވެމްބަރ 2026 ވާ ހޯމަ ދުވަހުގެ 11:00 އަށް މިކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
