ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ތިމަރަފުށީ ކުނިމެނޭޖުކުރާ މަރުކަޒު ހިންގާ ބެލެހެއްޓުން އައުޓްސޯސްކުރުން

އިޢުލާނު

    ކޮޅުމަޑުލު ތިމަރަފުށީ ކުނިމެނޭޖުކުރާ މަރުކަޒު ހިންގާ ބެލެހެއްޓުން އައުޓްސޯސްކުރުން

  1 އަހަރު ދުވަހަށް ކޮޅުމަޑުލު ތިމަރަފުށީ ކުނިމެނޭޖުކުރާ މަރުކަޒު ހިންގާ ބެލެހެއްޓުދޭނެ ފަރާތެއް ހޯދަން އިޢުލާންކުރަމެވެ.

ބީލަމާގުޅޭ އިތުރުމަޢުލޫމާތު ތިރީގައި އެވަނީއެވެ.

 

ރަޖިސްޓްރީކުރުން؛ 

މި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރެވޭނީ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ.

 

ޕްރީބިޑް މީޓިން؛ 

މި ބީލަމުގެ މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 15 ނޮވެމްބަރ 2026 ވާ އާދިއްތަ ދުވަހު 10:00 ގައެވެ. މި މަޢުލޫމާތު ސެޝަންއަށް ހާޒިރުވުމުން، ބީލަމުގައި ރަޖިސްޓަރީ ކޮށްދެވޭނެއެވެ. އަދި ސައިޓް ވިޒިޓިން އޮންނާނީ 15 ނޮވެމްބަރ 2026 ވާ އާދިއްތަ ދުވަހު 10:15 ގައެވެ.

 

ބިޑް ހުށަހެޅުން؛ 

ބިޑްހުށަހެޅުމުގެ ސުންގަޑިއަކީ 29 ނޮވެމްބަރ 2026 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން

 

ބީލަން ކެނޑުން؛ 

ބީލަން ކެނޑުމުގެ ސުންގަޑިއަކީ 29 ނޮވެމްބަރ 2026 ވާ އާދިއްތަ ދުވަހުގެ 09:59 ގައި

އެހެނިހެން ކަންކަން؛ 

 

 

 

 

  •  ބިޑް ހުށަހެޅުމާއި ބިޑް ކެނޑުން އޮންނާނީ ތިމަރަފުށީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. 
  • ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014)ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
  • މި ބިޑާއި ގުޅޭ އެންމެހާ ލިޔެކިޔުން، މައުލޫމާތު ޝީޓް މި އިއުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.  
  • ބިޑްހުށަހެޅުމުގެ ކުރިން ބިޑާއިގުޅޭ މަޢުލޫމާތު ފުރިހަމައަށް ސާފުކުރުމަކީ ބިޑްހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. 
  • ވަކި ކަމެއް ކުރުމަށް ބުނެފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވެއްޖެނަމަ، ޖެހިގެން އަންނަ ރަސްމީދުވަހަށް އެދުވަސް ހަމަޖެއްސޭނެއެވެ.

 

     

 

 

09 ނޮވެންބަރު 2026
ހޯދާ