ސ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެޑްމިނިސްޓްރޭޓަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އެމް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ  

މުސާރަ: -/7035 ރުފިޔާ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

އެހެނިހެން ޢިނާޔަތް: ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާއާއި އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެމަތީން ދެވޭނެއެވެ. 

ވަޒީފާ އޮތް އޮފީސް: ސ. އަތޮޅު މަދަރުސާ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:  އިދާރި ބައި / ސ. އަތޮޅު މަދަރުސާ 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ސަރުކާރުގެ ފައިސާއާބެހޭ އާންމު ގަވާއިދުތަކާއި ހަމަތަކުގެމަތިން ސްކޫލަށް ބޭނުންވާ ހުރިހާ ޚަރަދުތަކެއް ކުރަމުން ގެންދެވޭގޮތް ބެލުމާއެކު، މި ޚަރަދުތައް ކުރެވޭގޮތާއި ޚަރަދުތައް ހިނގާ ނުހިނގާގޮތް ބެލެހެއްޓުން.
  2. އެ އަހަރަކަށް ހަމަޖެހިފައިވާ ބަޖެޓުން ޚަރަދުތައް ހަމަޖެއްސޭތޯ ބެލުމުގެގޮތުން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުން.
  3. ސްކޫލުގެ ބަޖެޓަށް ބޭނުންވާ ފައިސާ ބަޖެޓަށް އިތުރުކުރުމުގެގޮތުން ނުވަތަ އެއް އައިޓަމުން އަނެއް އައިޓަމަށް ބަދަލުކުރުމުގެގޮތުން ކުރަންޖެހޭ ކަންތައްތައް، ޕްރިންސިޕަލްގެ އިރުޝާދުގެދަށުން ކުރުން.
  4. ސްކޫލުގެ މުވައްޒަފުންނާއި ޓީޗަރުންނަށް މުސާރައާއި އެހެނިހެން ފައިސާ ދިނުމާ ގުޅޭގޮތުން ވެރިއެއްގެ ހައިސިއްޔަތުން ބަލަހައްޓަންޖެހޭ ކަންތައް ބެލެހެއްޓުން.
  5. ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުން.
  6. ސްކޫލުގެ އިދާރީ ކަންކަމާ ގުޅޭ މަސައްކަތްތައް، ޕްރިންސިޕަލްގެ އިރުޝާދުގެދަށުން ހިންގުމާއި، އެކަންކަން ހަރުދަނާކުރުމަށް ކުރެވެންހުރި މަސައްކަތްތައްކުރުން.
  7. ކިޔަވައިދިނުމާ ސީދާ ގުޅުމެއް ނެތް އެންމެހައި މުވައްޒަފުންގެ މަސައްކަތްތައް ބެލެހެއްޓުން.
  8. ސްކޫލަށް ހޯދޭ މުދަލާއި ތަކެތީގެ އިންވެންޓްރީއާއި ސްޓޮކްގެ އެންމެހައި ކަންތައް ބެލެހެއްޓުން.
  9. ސްކޫލުގެ އެންމެހައި އިމާރާތްތައް މަރާމާތު ކުރުވުމާއެކު ބެލެހެއްޓުން.
  10. ސްކޫލުގެ އެންމެހައި އިމާރާތްތަކާއި ގޯތިތެރެ އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުން.
  11. ސްކޫލުގެ އިމާރާތްތަކާއި ތަކެތި އެކިފަރާތްތަކަށް ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުވުން.

މަޤާމުގެ ޝަރުޠު:                                          

1. އެޑްމިނިސްޓްރޭޝަން/ އެކައުންޓިންގ / ފައިނޭންސް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓް / ސްކޫލް މެނޭޖްމެންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ / ކިޔަވައިދިނުމުގެ ދާއިރާ /ހިއުމަން ރިސޯސް މެނޭޖްމެންޓުގެ  ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ އެކައުންޓިންގ / ފައިނޭންސް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓް / ސްކޫލް މެނޭޖްމެންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ / ކިޔަވައިދިނުމުގެ ދާއިރާ /ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. އެޑްމިނިސްޓްރޭޝަން/ އެކައުންޓިންގ / ފައިނޭންސް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓް / ސްކޫލް މެނޭޖްމެންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ / ކިޔަވައިދިނުމުގެ ދާއިރާ /ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ އެކައުންޓިންގ / ފައިނޭންސް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓް / ސްކޫލް މެނޭޖްމެންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ / ކިޔަވައިދިނުމުގެ ދާއިރާ /ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. އެޑްމިނިސްޓްރޭޝަން/ އެކައުންޓިންގ / ފައިނޭންސް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓް / ސްކޫލް މެނޭޖްމެންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ / ކިޔަވައިދިނުމުގެ ދާއިރާ /ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ އެކައުންޓިންގ / ފައިނޭންސް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓް / ސްކޫލް މެނޭޖްމެންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ / ކިޔަވައިދިނުމުގެ ދާއިރާ /ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

4. އެޑްމިނިސްޓްރޭޝަން/ އެކައުންޓިންގ / ފައިނޭންސް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓް / ސްކޫލް މެނޭޖްމެންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ / ކިޔަވައިދިނުމުގެ ދާއިރާ /ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

  1. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި، ޢައްޔަންކުރުމުގެ މިންގަޑުތަކާއި އުސޫލުތައް 2013 ގައިވާ ކަންކަމަށް ބެލޭނެއެވެ. 
  2. މަގާމުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  3. މަސައްކަތް އެނގޭ މިންވަރު ބެލުމުގެގޮތުން ޕްރެކްޓިކަލް ޓެސްޓެއް ދިނުން.
  4. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

އިންޓަރވިއު ކުރުން:

ހ. މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެކްޓިކަލް ޓެސްޓް އޮންނާނެ ތާރީޚާއި ގަޑި، މަސައްކަތު 3 ދުވަހުގެ ކުރިން، ވަޒީފާއަށްއެދި ހުށަހެޅި ފަރާތަށް އެންގޭނެއެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދި ހުށަހަޅާނީ، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމުންނެވެ.  ފޯމު ސ. އަތޮޅު މަދަރުސާގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ސ. އަތޮޅު މަދަރުސާގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މާރިޗު 8 ވާ އަންގާރަ ދުވަހުގެ 12:00 އެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ސ. އަތޮޅު މަދަރުސާގެ 6895679 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

                                  19 ޖުމާދަލްއޫލާ 1437

28 ފެބުރުވަރީ 2016
ހޯދާ