އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަހަރީ ޢާންމު ޖަލްސާއާއި އިންތިޚާބު
އިޢުލާން
އަހަރީ ޢާންމު ޖަލްސާ (ކޮންގްރެސް) އާއި އިންތިޚާބު
މި އެސޯސިއޭޝަންގެ އަހަރީ ޢާންމު ޖަލްސާއާއި އިންތިޚާބީ ޖަލްސާ 30 މާރިޗު 2016 ވަނަ ދުވަހު ބާއްވާގޮތަށް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީން ވަނީ ނިންމާފައެވެ. އަހަރީ ޢާންމު ޖަލްސާ ބާއްވާތަން ފަހުގެ ތާރީޚެއްގައި އިޢުލާން ކުރެވޭނެއެވެ.
އަހަރީ ޢާންމު ޖަލްސާ (ކޮންގްރެސް)
- 2016ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވެވޭނީ އެސޯސިއޭޝަންގެ މެމްބަރުންގެ ތެރެއިން ކޮންގްރެސްގައި ބައިވެރިވުމަށް ރަޖިސްޓަރީކުރާ ފަރާތްތަކަށެވެ.
- ކޮންގްރެސް ރަޖިސްޓްރޭޝަން ފޯމު ފޮނުވުމުގެ އެންމެ ފަހު ތާރީޚަކީ 15 މާރިޗު 2016 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިންނެވެ.
- ކޮންގްރެސްގައި ބައިވެރިވެވޭނީ 15 މާރިޗު 2016 ވަނަ ދުވަހުގެ ނިޔަލަށް 2016ވަނަ އަހަރުގެ މެމްބަރޝިޕް ފީ ދައްކާފައިވާ ފަރާތްތަކަށެވެ.
- ކޮންގްރެސްގައި ރަޖިސްޓަރީ ފޯމު މި އެސޯސިއޭޝަނުން އަދި އެސޯސިއޭޝަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.
އިންތިޚާބަށް ކުރިމަތިލުން
- 2016 ވަނަ އަހަރުގެ އިންތިޚާބީ ޖަލްސާގައި އިންތިޚާބު ބާއްވާނީ ހިންގާ ކޮމިޓީގެ ތިރީގައި މިވާ މަޤާމުތަކަށެވެ.
- ރައީސް (1) އެކެއް
- ނާއިބު ރައީސް (1) އެކެއް
- ޚަޒާންދާރު (1) އެކެއް
- އަންހެން މެމްބަރު (1) އެއް މެމްބަރު
- އިތުރު މެމްބަރުން (3) ތިން މެމްބަރުން
- އިންތިޚާބަށް ކުރިމަތިލެވޭނީ އެކަމަށް ތައްޔާރުކޮށްފައިވާ ފޯމުގައެވެ.
- އިންތިޚާބަށް ކުރިމަތިލާ ފޯމު މި އެސޯސިއޭޝަނުން އަދި އެސޯސިއޭޝަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.
- އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މަޤާމުތަކަށް ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީޚަކީ 15 މާރިޗު 2016ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިންނެވެ.
- އިންތިޚާބަށް ކުރިމަތިލެވޭނީ 15 މާރިޗު 2016 ވަނަ ދުވަހުގެ ނިޔަލަށް 2016 ވަނަ އަހަރުގެ މެމްބަރޝިޕް ފީ ދައްކާފައިވާ ފަރާތްތަކަށެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
01 މާރިޗު 2016
ހޯދާ