ދިވެހިރާއްޖެ
|
Chinese Government Scholarship 2027-2028 |
|
ޗައިނާގެ ސަރުކާރުގެ "ޗައިނީޒް ގަވަރމެންޓް ސްކޮލަރޝިޕް ޕްރޮގުރާމް 2028-2027" ގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ވަނީ ލިބިފައެވެ. މި ފުރުޞަތުގެ ދަށުން އަންޑަރގްރެޖުއޭޓް، ޕޯސްޓްގްރެޖުއޭޓް އަދި ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތަކަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަންޑަރގްރެޖުއޭޓް ޕްރޮގްރާމްތަކަށް އެދި ކުރިމަތިލާ ފަރާތްތަކުން އެޕްލިކޭޝަނާއިއެކު "ޗައިނާ ސްކޮލާރސްޓިކް ކޮމްޕިޓެންސީ އެސެސްމެންޓް" ގެ ނަތީޖާ ހުށަހަޅަން ޖެހޭނެއެވެ. މި އެސެސްމެންޓް ހެދުމަށް ރަޖިސްޓްވާނެ ގޮތުގެ މަޢުލޫމާތު، އަދި އިމްތިޙާން ބާއްވާ ތާރީޚް ތިރީގައިވާ ލިންކްއިން ލިބެން ހުންނާނެއެވެ.
މި ފުރުސަތުތަކަށް ޝައުގުވެރިވާ ފަރާތްތަކުން 29 ޖަނަވަރީ 2027 ވާ ހުކުރު ދުވަހުގެ ޗައިނާގެ ގަޑިން (GMT+8) 23:59ގެ ކުރިން ޗައިނީސް ގަވަރމެންޓް ވެބްސައިޓް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަނާއި އޭގައި ބަޔާންކުރާ އެންމެހައި ޑޮކިއުމެންޓްތަކާއެކު ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.
މި ސްކޮލަރޝިޕްގެ ޝަރުތުތަކާއި އިތުރު މަޢުލޫމާތު ހޯއްދެވުމަށް: ޗައިނީސް ގަވަރމެންޓް ވެބްސައިޓް: https://www.campuschina.org/scholarships/index.html?k=Chinese%20Government%20Scholarships އީމެއިލް: [email protected] ސީ.އެސް.ސީ މޯބައިލް: 0086-10-66093584 ކުރި ޕޯޓަލް: https://kuri.gov.mv ............................................................................................................................................................................. * މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރަންވާނެއެވެ.
* މީގެއިތުރުން ރާއްޖޭގައި މަސައްކަތް ކުރުމަށް ވަކި ލައިސެންސެއް އޮންނަންޖެހޭ ދާއިރާއެއްގެ ކޯހެއް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން އެކޯހަކީ ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި ހިންގާ އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރަންވާނެއެވެ.
|
