އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިޔަފާރިއާއި އަދި ސިނާއީ މަސައްކަތް ކުރުމަށް ވަގުތީ ބިން ދޫކުރުމާ ގުޅޭ:-

                  މިއިއުލާނާއެކު އެއްހީރަސްކޮށްފައިވާ ޗާޓުގައިވާ ބިންތައް، ގެޒެޓް ކުރެވިފައިވާ "ވަގުތީގޮތުން ބޭނުންކުރުމަށް ކައުންސިލުން ބިން ދޫކުރުމުގެ އުސޫލު 2026" އާއެއްގޮތަށް، އެބިންތަކައް ޚާއްސަ ކުރެވިފައިވާ މަސައްކަތްތަކަށް 1 (އެކެއް) އަހަރުގެ މުއްދަތަކަށް ކުއްޔަށް ނަގަން ޝަޢުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ޢާންމުކޮށް ހުޅުވާލާ އިޢުލާންކުރަމެވެ.

ބިންތަކާއިގުޅޭ މަޢުލޫމާތު:-

  • މި ބިންތައް ބޭނުންކުރެވޭނީ ވިޔަފާރިކުރުމަށާ، ސިނާއީ މަސައްކަތްތައްކުރުމަށާއި އަދި ވަގުތީގޮތުން ތަކެތި ބެހެއްޓުމަށެވެ.
  • ބިން ކުއްޔަށް ނެގުމަށް ހުށަހަޅަންވާނީ މި އިޢުލާނުގައި އެއްހީރަސްކޮށްފައިވާ އަންދާސީހިސާބު ހުށަހަޅާ ފޯމުންނެވެ.
  • ބިން ކުއްޔަށް ނަގަން ހުށަހެޅޭނީ 01 އަހަރު ދުވަހަށެވެ.
  • ހުށަހަޅާ ބިމަށް ދީފައިވާ ސްލޮޓް ނަމްބަރާއި ބިމުން ކުރާ ބޭނުން ހުށަހެޅުމުގައި ބަޔާންކުރަންވާނެއެވެ.
  • ކޮންމެ ބިމަކަށް ވަކި ހުށަހެޅުމެއް (އަންދާސީހިސާބު ހުށަހަޅާ ފޯމް) ހުށަހަޅަންވާނެއެވެ.
  • ކުއްޔަށް ދޫކުރެވޭ ކޮންމެ ބިމެއްގެ ބޮޑުމިނަކީ 500 އަކަފޫޓެވެ.
  • ކޮންމެ ބިމަކަށްވެސް ހުށައެޅޭނެ އެންމެކުޑަ އަގަކީ އަކަފޫޓަކަށް -/2 ރުފިޔާއެވެ. ނަމަވެސް މިކަމަށް އެދި ކުރިމަތިލާ ފަރާތްތަކަށް ވާދަވެރިކަމުގެ ތެރެއިން ބިޑް ކާމިޔާބުކުރުމަށް މިއަށްވުރެ މަތީ ރޭޓަކުން ކުލި ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ.
  • ބިން ލިބޭ ކޮންމެފަރާތަކާއެކު ހެދޭ އެއްބަސްވުމުގައި ސޮއިކުރާދުވަހުންފެށިގެން ބިމުކުލި ހިނގާނެއެވެ.
  • ކޮންމެ ބިމަކަށްވެސް 2 (ދޭއް) މަހުގެ ކުލި އެޑްވާންސްކޮށް ދައްކަން ޖެހޭނެއެވެ
  • ބިޑް ކާމިޔާބުކުރާ ކޮންމެފަރާތަކާއެކު ހެދޭ އެއްބަސްވުމުގައި ސޮއިކުރެވޭނީ 2 (ދޭއް) މަހުގެ ކުލިފައިސާ އެޑްވާންސްކޮށް ކައުންސިލަށް ދެއްކުމަށްފަހުގައެވެ.
  • މަހަކަށް ހުށަހަޅާ ކުއްޔާއި އަދި އެ ކުލި ދައްކާނެގޮތް އަންދާސީހިސާބު ހުށަހަޅާ ފޯމުގައި ބަޔާންކުރަންވާނެއެވެ.

އަންދާސީހިސާބު ބާތިލްވާނެ ގޮތް:-

  • އަކަފޫޓަކަށް -/2ރ (ދެރުފިޔާ) އަށްވުރެ ކުޑަ ރޭޓަކުން ކުލި ހުށަހަޅާ އަންދާސީހިސާބުތައް ބާތިލް ކުރެވޭނެއެވެ.

އަންދާސީހިސާބު ވަޒަންކުރާނެ މިންގަނޑު (ބިޑް އިވެލުއޭޝަން ކްރައިޓީރިއަރ)

 

ފޯމިއުލާ

ހިސާބުކުރެވޭ ގޮތް

ޕޮއިންޓް ދެވޭ

މިންވަރު

ޕޮއިންޓް ދެވޭ

ބައި

(Benchmark Price / Submitted Price) x Allocated Percentage

v     ކުއްޔަށްދޭ މާކްސް

-          ޕޮއިންޓް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ މަތީ ރޭޓަކީ ބެންޗްމާކް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

100%

ކުލި

 

 

 

 

 

 

 

ބިޑް ހުށަހެޅުން:-

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2026 ނޮވެންބަރ 23 ވާ ހޯމަދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅާ އަންދާސީހިސާބުތައް ކެނޑުން އޮންނާނީ ހުށައަޅާ ފަރާތްތަކުގެ ހާޒިރުގައި 2026 ނޮވެންބަރ 23 ވާ ހޯމަދުވަހުގެ 11:00 ގައި ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާގައެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ފޮނުވާ ބޭފުޅެއްގެ ވަނަވަރު އެނގޭނެ ލިޔުމަކާއެކު (އައިޑީ ކާޑްގެ ކޮޕީއަކާއެކު) ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ.

އިތުރު މަޢުލޫމާތު:-

ބޮޑުފޮޅުދޫ  ކައުންސިލްގެ އިދާރާ          

އަބަދަށްފެހިމަގު، އއ. ބޮޑުފޮޅުދޫ، ދިވެހިރާއްޖެ             

ފޯން : 6660900

އީމެއިލް: [email protected]

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.                

 

 

08 ނޮވެންބަރު 2026
ހޯދާ