ދިވެހިރާއްޖެ
ބާރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އާއި ޕުރޮގްރެސް ޓު އަ ޤުރުއާނިކް ލައިފްސްޓައިލްގެ ފަރާތުން ރަށުގެ 13 އަހަރުން މަތީގެ ދެޖިންސުގެ ހުރިހާ އުމުރުފުރާއެއްގެ ފަރާތްތަކަށް ބައިވެރިވެވޭނެ ފަދައިން ކުރިޔަށްގެންދެވޭ 'ޤުރުއާން ތިލާވަތު ވަ ތަޖުވީދު ވެބިނާރ 2026' ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ވެބިނާރގެ މަޤުސަދަކީ ކީރިތި ޤުރުއާނުގެ ޢިލްމު ހޯދުމުގެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް ފަހިކޮށްދީ މަގު ކޮށައިދިނުމާއި، ޤުރުއާނުގެ ތަފާތު ޢިލްމުތަކާއި، ޤުރުއާން ތިލާވަތު، ތަޖުވީދު އަދި ހިފްޒުގެ އާއްމު އެންމެހާ އުސްލޫބުތަކެއް ފޯރުކޮށްދިނުމާއި، ޤުރުއާނުގެ އަހުލުވެރިއަކަށް ވުމަށް ދިވެހި ގިނަ ދަރިވަރުންތަކަކަށް ބާރުއެޅުމާއިއެކު ކުރިޔަށް ދިއުމުގެ މަގު ފަހިކޮށްދިނުމެވެ.
ވެބިނާރ ބޭއްވުމަށް ހަމަޖެހިފައިވަނީ 15 ނޮވެންބަރ 2026 އިން ފެށިގެން 7 ދުވަހުގެ މުއްދަތަކަށެވެ. އަދި ވެބިނާރގައި ބައިވެރިވުމުގެ ފުރުސަތު އެރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން، ޝައުޤުވެރިވާ އެންމެހާ ފަރާތްތަކަށް ލިބިގެންދާނެއެވެ.
ޤުރުއާން ތިލާވަތު ވަ ތަޖުވީދު ވެބިނާރގެ ތަފްސީލު
އަމާޒު ކުރެވޭ އުމުރުފުރާ: ޤުރުއާނަށް ޝައުގުވެރިކަން ހުންނަ 13 އަހަރުން މަތީގެ ކޮންމެ ފަރާތެއް (އަންހެން އަދި ފިރިހެން)
ވެބިނާރގެ ޖުމްލަ ވަގުތު: 14 ގަޑިއިރު
ތާރީޚާއި ގަޑި: ނޮވެންބަރ 15 – ނޮވެންބަރ 21 / ރޭގަނޑު 7:45 – 9:45
މާހައުލު: އޮންލައިން (ގޫގުލް މީޓް މެދުވެރިކޮށް)
ބައިވެރިވުމުގެ ފީ: 150 ރުފިޔާ
progress to a Qur'anic lifestyleފައިސާ ޖަމާކުރަންވީ އެކައުންޓް ނަން:
ފައިސާ ޖަމާކުރަންވީ އެކައުންޓް ނަންބަރު: 7770000279621
ސްލިޕް ވައިބަރ ކުރައްވާނީ: 9935345
ގޫގުލް ފޯމް ލިންކް: https://forms.gle/UZe3GTkajBZSpmuw5
ވެބިނާރ ނިންމިކަމުގެ ހަނދާނީ ސެޓިފިކެޓު ކޮންމެ ބައިވެރިޔަކަށްވެސް ލިބިގެންދާނެއެވެ. ވެބިނާރ ކުރިޔަށްދާ 14 ގަޑިއިރުގެ ތެރޭގައި ރާވާލައިގެން ގިނަ ބައިތަކެއް އުނގަންނައިދީ ފޯރުކޮށްދެވޭތީ ވަކިވަކިން އެއްވެސް ބައިވެރިޔަކަށް ޤުރުއާން ކިޔަވަން ފުރުސަތު ނޯންނާނެކަމާއި ވެބިނާރ ނިމުމުން ކޮންމެ ބައިވެރިއެއްގެވެސް ޤުރުއާން ކިޔެވުމުގެ ރިކޯޑިންއެއް ފޮނުވުމާއި ވަކިވަކި ކިޔެވުންތަކަށް ބިނާކުރަނިވި ފީޑްބެކް ފޮނުވުމަށްވަނީ ހަމަޖެހިފައެވެ.
ވެބިނާރގައި ފޯރުކޮށްދޭނެ މައިގަނޑު ބައިތައް:
|
ޤުރުއާން ތަޖުވީދުގެ ޢާއްމު އެންމެހާ ޙުކުމްތަކެއް |
|
ޤިރާއަތްތަކާއި މަޤާމާތުތައް |
|
ތިލާވާ ކުރުމުގައި ގުންގުޅެންވާ މުހިއްމު އުސްލޫބުތައް |
|
ޤުރުއާން ހިތުދަސްކުރުމަށް ބާރުއެޅުވުމާއި،ހިފްޒުކުރުމަށް ހަރުދަނާ އުސޫލުތަކާއި މަގުތައް އުނގަންނައިދުނުން |
|
ރިވާޔާ ހަފްޞް ޢަން ޢާޞިމްގެ ޝާތްބީ ތަރީޤުގެ މުހިއްމު އެންމެހާ ހުކުމްތައް |
|
ޤުރުއާން ތަދައްބުރުކުރުމާއި ޤުރުއާނުގެ ޢިލްމަށް ސަމާލުކަންދިނުން |
ބައިވެރިންގެ ގޫގުލް ފޯމުގެ ލިންކުގެ ކިއު.އާރު ކޯޑު
ވީމާ، މި ޕުރޮގްރާމުގައި ބައިވެރިވުމަށް އެދިލައްވާ ހުރިހާ ފަރާތްތަކުން 08 ނޮވެމްބަރ 2026 ފެށިގެން 12 ނޮވެންބަރު 2026 ގެ 12:00 ގެ ކުރިން އެކަމަށް ޚާއްސަ ގޫގުލް ފޯމު ފުރުއްވުން އެދެމެވެ.
|
|
