|
މަޤާމު
|
ސްކިޕަރ
|
|
ބޭނުންވާ ޢަދަދު
|
01 (އެކެއް)
|
|
ވަޒީފާގެ ބާވަތް
|
ކޮންޓްރެކްޓް، 01 އަހަރު ( ފުރަތަމަ 03 މަސް ދުވަސް ޕްރޮބޭޝަން)
|
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
އޮޕަރޭޝަންސް އެންޑް ސަޕްލައި ޗެއިން / KOG-11 / އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް
|
|
މުސާރަ:
|
-އަސާސީ މުސާރަ: 5,700.00 ރުފިޔާ
- ސާރވިސް އެލަވަންސް: 3,990.00 ރުފިޔާ (ބޭސިކް މުސާރައިގެ %70)
- މިނިމަމް ވޭޖް އެލަވަންސް:570.00 ރުފިޔާ
- ހާޑްޝިޕް އެލަވަންސް: 2،850.00 (ބޭސިކް މުސާރައިގެ %50)
|
|
ޝަރުޠު:
|
- ކޯސްޓަލް ނެވިގޭޝަން ސެޓްފިކެޓް ކްލާސް 5 ލިބިފައިވުން
- ޞިއްޙަތު ރަނގަޅު ފަރާތެއްކަމުގައިވުމާއިއެކު މުވައްޒަފުން ގޮވައިގެން މަސައްކަތްކުރެވޭނެ ފަރާތެއް ކަމުގައިވުން.
- މަސައްކަތާއި ގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވުން.
|
|
މަޤާމުގެ މަސްޢޫލިއްޔަތު:
|
- އުޅަނދު ދަތުރުގައި އޮންނަ ވަގުތުތަކުގައި އުޅަނދުގެ އެންމެހައި ކަންކަމާ ހަވާލުވެހުރުމާއި، ފަޅުވެރިންގެ ސަލާމަތާއި ރައްކާތެރިކަމުގެ ފުރިހަމަ ޒިންމާ އުފުލުން.
- ފަޅުވެރިން ބަލަހައްޓައި މެނޭޖުކުރުމަށާއި، ދިމާވާ ގޮންޖެހުންތަކަށް ހަރުދަނާކަމާއެކު އިޖާބަދިނުމަށް ބޭނުންވާ ފަދަ ލީޑަޝިޕް ހުނަރާއި، މައްސަލަ ޙައްލުކުރުމުގެ ހުނަރު އަދި މުޢާމަލާތުކުރުމުގެ މޮޅު ހުނަރު ހުރުން.
- އުޅަނދު މަރާމާތުކޮށް ބެލެހެއްޓުމާއި ސާފުތާހިރުކަން ދެމެހެއްޓުމުގެ ޒިންމާ އުފުލުން. (މީގެ ތެރޭގައި އުޅަނދުގެ ބޭރުފުށުގެ ސާފުތާހިރުކަމާއި ރީތިކަން ދެމެހެއްޓުން ހިމެނެއެވެ.)
- އުޅަނދުގެ އެންމެހައި އޮޕަރޭޝަންތައް (ދަތުރުތަކާއި މަސައްކަތްތައް) ސުޕަވައިޒްކޮށް ބެލެހެއްޓުން.
- މަސްވެރިކަމުގެ ދަތުރުތަކަކީ ކާމިޔާބު އަދި ރައްކާތެރި ދަތުރުތަކެއްކަން ކަށަވަރުކުރުން.
- އުޅަނދު ދުއްވައި ނެވިގޭޓްކުރުމާއި، ފަޅުވެރިން މެނޭޖުކުރުމާއި، އުޅަނދާއި އޭގެ ވަސީލަތްތައް މަރާމާތުކޮށް ބެލެހެއްޓުމުގެ އިތުރުން ކަނޑުދަތުރުފަތުރާއި މަސްވެރިކަމާ ގުޅޭ އެންމެހައި ޤަވާޢިދުތަކަށް ފުރިހަމައަށް ބޯލެނބުން.
- ކުންފުނީގެ އެންމެހައި ޤަވާޢިދުތަކާއި އުޞޫލުތަކަށް ފުރިހަމައަށް ތަބާވުން.
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:
|
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.
|
|
އިންޓަރވިއުކުރުން:
|
އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.
|
|
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).
- ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
- ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).
|
|
ތަކެތި ހުށަހަޅަންޖެހޭ އޮފީސް:
|
- ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 18 ނޮވެމްބަރު 2026 ދުވަހުގެ މެންދުރު 12:00 ގެ ކުރިން
- މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
|