އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިލެކްޓްރިކް ބަގީ ސަޕްލައިކުރުމާ ގުޅޭ

މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް "އެލް.ވީ ޓޮންގް" (LVTONG) ބްރޭންޑް ނުވަތަ އެއާ އެއް ފެންވަރުގެ، 14 ސީޓުގެ 01 (އެކެއް) އިލެކްޓްރިކް ބަގީ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، 2026 ނޮވެމްބަރ 15 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް އެދި މި އިދާރާގެ މެއިލް [email protected] އަށް (ނަމާއި، ރަޖިސްޓްރީ ނަންބަރު، އީމެއިލް އަދި ފޯނު ނަންބަރު ހިމަނައި) މެއިލްކުރުމުން ރަޖިސްޓްރީކޮށްދެވޭނެއެވެ.

     އަދި، މި މަސައްކަތާއި ގުޅޭ މައުލޫމާތުދިނުމުގެ ބައްދަލުވުން 2026 ނޮވެންބަރު 16 ވާ ހޯމަ ދުވަހުގެ 13:00 ގައި މިއިދާރާގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް 2026 ނޮވެމްބަރ 19 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އދ. ހަންޏާމީދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެންނެވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅަން ވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ. އަދި، ބީލަމުގައި ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

     މި އިޢުލާނާއެކު މި މަސައްކަތުގެ އިތުރު ތަފްޞީލު (މަޢުލޫމާތު ކަރުދާސް) އެއްކަރުދާސް ކުރެވިފައިވާނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 6680056 ނަންބަރަށް ގުޅުއްވުން އެދެމެވެ.

08 ނޮވެންބަރު 2026
ހޯދާ