ދިވެހިރާއްޖެ
|
އިޢުލާން "ނަލަނަލަ ހެނބަދޫ ފުޓްސަލް އަދި ހޭންޑްބޯލް ޗެލެންޖް 2026" ސްޕޮންސަރކުރުމާއި، ސްޕޮންސަރ ބޯޑުޖެހުމަށް ހުޅުވާލުން
ހެނބަދޫ ކައުންސިލުން އިންތިޒާމްކޮށް، 13 ޑިސެމްބަރ 2026 ގައި ބޭއްވުމަށް ހަމަޖެހިފައިވާ "ނަލަނަލަ ހެނބަދޫ ފުޓްސަލް އަދި ހޭންޑްބޯލް ޗެލެންޖް 2026" ގައި ސްޕޮންސަރ ބޯޑު ޖަހަން ބޭނުންވާ ފަރާތްތަކަށާއި، ސްޕޮންސަރ ދެއްވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަމެވެ. މި މުބާރާތް އެކި ގޮތްގޮތުން ސްޕޮންސަރކުރުމަށް ޝައުގުވެރިވެލައްވާ އެންމެހައި ފަރާތްތަކުން 26 ނޮވެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ މި ކައުންސިލްގެ ފޯން ނަންބަރު، 6560018 އަށް ގުޅުއްވާ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7531753 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ. 28 ޖުމާދަލްއޫލާ 1448 |
