ދިވެހިރާއްޖެ
އިޢުލާން
ތިނަދޫ ސިޓީން ދޫކުރުމަށް ހަމަޖެހިފައިވާ ކޮންޑިޝަނަލް ގޯތި ތަކުގެ ތެރެއިން ނުދެވި ހުރި 24 ގޯތި ދޫކުރުން
ތިނަދޫ ސިޓީން ދޫކުރުމަށް ހަމަޖެހިފައިވާ 200 ކޮންޑިޝަނަލް ގޯތީގެ ތެރެއިން ނުދެވި ބާކީ ހުރި 24 ގޯތި ޕޮއިންޓް ލިބުނު ތަރުތީބުން ކެޓެގަރީ "އޭ" އިން ދޫކުރުމަށް 13 ޖުލައި 2026ވަނަ ދުވަހު ބޭއްވުނު ކައުންސިލްގެ 05 ވަނަ ދައުރުގެ 08 ވަނަ ބައްދަލުވުމުން ވަނީ ނިންމަވާފައެވެ.
އެހެން ކަމުން ކެޓަގަރީ "އޭ" އިން 76، 75 އަދި 74 ލިބިފައިވާ ފަރާތްތަކުގެ ތެރެއިން މި ގޯތިތަކަށް ޝަރުޠުހަމަވާ ފަރާތްތްތަކުގެ މެދުގައި ނެގޭ ޕްލޮޓް ގުރުއަތުލުން ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
ގުރުއަތުލުމުގައި ބައިވެރިވުމަށް:
1- ގުރުއަތުލުމަށް ހާޟިރުވާ ފަރާތަކީ ގޯއްޗަށް އެދުނު ފަރާތްނޫން ނަމަ، އެ ފަރާތަކީ ބަދަލުގައި ފޮނުވާފައިވާ ފަރާތެއްކަން އަންގައިދޭ ލިޔުމަކާއި (ބަދަލުގައި ފޮނުވާ ފަރާތުގެ އައިޑީކާޑުގެ ސާފު ކޮޕީ ) ގޯތި ލިބޭ ފަރާތުގެ އައިޑީކާޑުގެ ސާފު ކޮޕީއެއް ގެންނަންވާނެއެވެ.
2- ގުރުއަތުލުމަށް ހާޟިރުނުވެވޭނަމަ ނުވަތަ ބަދަލުގައި މީހަކު ހާޟިރުވެފައިނުވާނަމަ، ގުރުއަތުލުން ކުރިއަށް ގެންގޮސް ނިންމާނީ ތިނަދޫ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުންނެވެ.
މި ގުރުއަތުލުން އޮންނާނީ 2026 ނޮވެމްބަރ 19 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ގައި ތިނަދޫ އާބާދީ މަރުކަޒުގައެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.
