ދުވާފަރު ޕްރައިމަރީ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2027 ވަނަ އަހަރު ސްކޫލުގެ ސެކިޔުރިޓީ ބެލެހެއްޓުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
2027 ވަނަ އަހަރު ސްކޫލުގެ ސެކިޔުރިޓީ ބެލެހެއްޓުން
- 2027 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ޑިސެމްބަރު 31 ގެ ނިޔަލަށް މިސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައި ދިނުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ މި މަސައްކަތްކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި މަސައްކަތަށް ރަޖިސްޓްރީ ކުރުމަށް 2026 ނޮވެމްބަރ 08 ން 2026 ނޮވެމްބަރ 14 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު:
- https://forms.gle/fV5mBJmnVyrKSyLN6
- މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 15ނޮވެމްބަރ2026 ވަނަ ދުވަހުގެ13:00ކުރިން މިސްކޫލްގެ [email protected] އީމެއިލް އެޑްރެހަށް ފޮނުއްވުން އެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ2026 ނޮވެމްބަރ26ވާ ބުރާސްފަތި ދުވަހުގެ 13:00 ގައިދުވާފަރު ޕްރައިމަރީ ސްކޫލް އޮފީހުގައެވެ.
- މމިމަސައްކަތާއިގުޅޭ ބީލަން ފޮތް، މި އިޢުލާނާއިއެކު އާއްމުކުރެވިފައި ވާނެއެވެ.
- ސެކިއުރިޓީ ބެލެހެއްޓުމާއި ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައް މި އިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާ ބިޑްޑޮކިއުމެންޓްގައި ހިމަނާފައިވާނެއެވެ.
- މިމަސައްކަތާއިގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ބަޖެޓް ސެކްޝަން
ދުވާފަރު ޕްރައިމަރީ ސްކޫލް
ރ.ދުވާފަރު، ދިވެހިރާއްޖެ.
ފޯން: 6584595 / 7993055
އީ-މެއިލް: [email protected]
ކޮޕީ-މެއިލް: [email protected]
28ޖުމާދަލްއޫލާ1448
08ނޮވެމްބަރ2026
08 ނޮވެންބަރު 2026
ހޯދާ
