މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދައުވަތު - ކޮންސަލްޓަންސީ ފާރމެއް ހޯދުމަށް

ދިވެހިރާއްޖެ،

ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓް P177040

ގްރާންޓް ނަންބަރު: E047-MV

 

މަސައްކަތުގެ ބާވަތް: މޯލްޑިވްސް ޑޭޓާ އެކްސްޗޭންޖް ޕްލެޓްފޯމްއަށް ބޭނުންވާ ކްލައިމެޓް ރިލަވެންޓް ޑޭޓާގެ ޑޭޓާ ސްކީމާ ޑިވެލޮޕްކުރުމާއި، ޑޭޓާ ކްލީން ކުރުމާއި، ޑޭޓާ ތައްޔާރުކުރުމަށް ކޮންސަލްޓަންޓެއް ހޯދުމަށް

ރިފަރެންސް ނަންބަރު: MV-MoECCT-DMADD-578980-CS-QCBS

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އިން ވޯލްޑް ބެންކްގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓަށް ލިބިފައިވާ ފައިސާގެ ތެރެއިން ބައެއް ކޮންސަލްޓެންސީގެ ހިދުމަތް ހޯދުމަށް 2026 އޮކްޓޫބަރު 22 ގައި ކޮށްފައިވާ ނަންބަރު (IUL)10-DMADD/10/2026/114 އިއުލާނަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް"  ހުށަހެޅުމުގެ މުއްދަތު 2026 ނޮވެމްބަރު 22 ވަނަ ދުވަހުގެ 10:00ގެ ނިޔަލަށް އިތުރު ކޮށްފައިވާކަން ދެންނެވީމެވެ.

ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން 2026 ނޮވެމްބަރު 22 ވަނަ ދުވަހުގެ 10:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ. "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ޕޯސްޓް މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ.

 

ޕްރޮޖެކްޓް މެނޭޖަރ

ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓް،

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ

މޯލްޑިވްސް ޑިޖިޓަލް ސަރވިސަސް،

ކަލާފާނު ހިނގުން، މާލެ 20064، ދިވެހިރާއްޖެ.

[email protected]އީމެއިލް:

ވެބްސައިޓް: www.home.gov.mv/ https://dmadd.gov.mv/en

ފޯނު ނަންބަރު: +(960)330-2253

 

08 ނޮވެންބަރު 2026
ހޯދާ