ދިވެހިރާއްޖެ
"އަލި ނޫރު މަދަޙަ މުބާރާތް 1448" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުމާއި ގުޅޭ
އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއިން އިސްނަންގަވައި މިކައުންސިލާއި ގުޅިގެން، 16 އަހަރުންމަތީގެ (ސްކޫލް ނިމިފައިވާ) ދެޖިންސްގެ ބޭފުޅުންނަށް ބައިވެރިވެވޭގޮތަށް ބާއްވާ "އަލި ނޫރު މަދަޙަ މުބާރާތް 1448" 20 ނޮވެމްބަރ 2026 ގައި ބޭވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތުގައި އަމިއްލަ މަދަޙަ އަދި ގްރޫޕް މަދަޙަ ޙުށައެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
އެހެންކަމުން ، މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ތިރީގައި މިވާ ލިންކުގައިވާ ފޯމު، 17 ނޮވެމްބަރު 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ފުރިހަމަ ކުރެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގާ ޢިއުލާން ކުރީމެވެ.
މުބާރާތުގެ ޤަވާއިދުގެ ލިންކް: Ali Noor madhaha mubaarai gavaaidhu 1448.pdf
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމްގެ ލިންކް: https://forms.cloud.microsoft/r/uCDYhTXAvB
28 ޖުމާދަލްއޫލާ 1448
08 ނޮވެމްބަރ 2026
