މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަނގޮޅިތީމު ކައުންސިލާއި އަނގޮޅިތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ 04 ވަނަ މަދަޙަ މުބާރާތް 2026 އާއި ގުޅޭ!

ދީނީ ރޫޙް އާލާކޮށް ލޯބި ޖެއްސުމާއި ފަންނުވެރި، ހުނަރުވެރި އަދި ރީތިކޮށް މަދަޙަކިޔާ، އުފެއްދުންތެރި މުޖްތަމަޢުއެއް ބިނާކުރުމުގެ މަޤްޞަދުގައި އަނގޮޅިތީމު ކައުންސިލާއި އަނގޮޅިތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އާއި ގުޅިގެން ކުރިއަށް ގެންދާ “އަނގޮޅިތީމު ކައުންސިލާއި އަނގޮޅިތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ 04 ވަނަ މަދަހަ މުބާރާތް 2026” ގެ ނަމުގައި 16 ޑިސެމްބަރު 2026 އިން 18 ޑިސެމްބަރު 2026 އަށް މަދަހަ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ ކުރިން 15 ޑިސެމްބަރު 2026 އަދި 16 ޑިސެމްބަރު 2026 ހުގައި ތަޖްރިބާކާރު ކޯޗަކާއިއެކު މަދަހަ ކިޔުމުގެ ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމެއްވެސް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

ވީމާ ، މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 2026 ނޮވެމްބަރު 08 (މިއަދުން) ފެށިގެން 2026 ނޮވެމްބަރު 30 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވައި ކައުންސިލް އިދާރާއަށް ހުށަހެޅުއްވުމަށް އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީ ގަޑީގައި އަނގޮޅިތީމު ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. މުބާރާތުގެ ޤަވާއިދު މި އިޢުލާނާއެކު އެއްހީރާސް ކުރެވިފައިވާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 ނޮވެންބަރު 2026
ހޯދާ