މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރ - އޮޕަރޭޝަންސް އެންޑް ސަޕްލައި ޗެއިން / ހިތަދޫ އައިސް ޕްލާންޓް / އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.

މަޤާމު:

ސެކިއުރިޓީ އޮފިސަރ      

ބޭނުންވާ ޢަދަދު

 01

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް 01 އަހަރު ދުވަސް (ފުރަތަމަ 03 މަސް ޕްރޮބޭޝަން) 

ވަޒީފާ އަދާކުރަންޖެހޭ ތަން:

އޮޕަރޭޝަންސް އެންޑް ސަޕްލައި ޗެއިން / ހިތަދޫ އައިސް ޕްލާންޓް / އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް

 މުސާރަ:

 -އަސާސީ މުސާރަ: 2,700.00 ރުފިޔާ

- ސާރވިސް އެލަވަންސް: 1,620.00 ރުފިޔާ (ބޭސިކް މުސާރައިގެ %60)

- މިނިމަމް ވޭޖް އެލަވަންސް:3,699.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

- އަދި އިތުރު ގަޑީގައި ނުވަތަ ބަންދުދުވަހެއްގައި މަސައްކަތް ކޮއްފިނަމަ ހަމަޖެހިފައިވާ އުސޫލުން ފައިސާ ލިބޭނެއެވެ.

ޝަރުޠު:

- ޖީ.ސީ.އޯ ލެވެލް ނިންމާފައިވުން ނުވަތަ މަސައްކަތާއި ގުޅޭ ދާއިރާގައި އުޅެ އެކަށީގެންވާ ތަޖުރިބާ ލިބިފައިވުން.

- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން.

- އަސާސީ ސެކިއުރިޓީ އަދި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ އިންސްޕެކްޝަން އުޞޫލުތައް އެނގުން

-ފާރަވެރިވުމާއި މޮނިޓަރ ކުރުމުގެ ހުނަރު ހުރުން.

-ރިޕޯޓު ކުރުމުގެ ހުނަރާއި ސަރަޙައްދު ބަލަހައްޓައި ޕެޓްރޯލް ކުރުމުގެ ހުނަރު ހުރުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

- އިރުޝާދުތައް ކިޔައި ރަނގަޅަށް ދެނެގަތުމުގެ ޤާބިލުކަން ހުރުން.

ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ފަދަ މީހަކަށްވުން.

- މުވާޞަލާތު ކުރުމުގެ ފުރިހަމަ ހުނަރާއި، އެއްފަހަރާ އެކި މަސައްކަތްތައް ކުރުމުގެ ހުނަރު އަދި ޕްރެޝަރުގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން.

- އަނގަބަހުންނާއި ލިޔުމުން މުޢާމަލާތު ކުރުމާއި މީހުންނާ ގުޅިގެން މަސައްކަތް ކުރުމުގެ މޮޅު ހުނަރެއް ހުރުން.

- އަމިއްލަ އިސްނެގުމާއެކު ޝައުޤުވެރިކަމާއެކު މަސައްކަތްކުރާ މީހަކަށް ވުން.

- ތަފާތު އެކި މިޒާޖުގެ މީހުންނާ ގުޅިގެން ނަތީޖާ ނެރެވޭ ގޮތަށް މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން.

- ތެދުވެރިކަމާއި، އެކުވެރި އަދި ހެޔޮ ވިސްނުމެއްގެ ވެރިއަކަށްވުން.

- ގަޑިއަށް ފަރުވާތެރިވުމާއި އެއްފަހަރާ ގިނަ ކަންކަން މެނޭޖުކޮށް މަސައްކަތް ކުރުމުގެ ހުނަރު ހުރުން.

- ސަރަޙައްދުގެ ސަލާމަތާއި އާންމު ރައްކާތެރިކަމާ ގުޅޭ ޤާނޫނީ އުޞޫލުތައް ރަނގަޅަށް އެނގުން.

އިންޓަރވިއު ކުރުން:

- އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

- ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (ޖޮބް އެޕްލިކޭޝަން ފޯމް)

- ޕޮލިސްރިޕޯޓް.

ތަކެތިހުށަހަޅަން ޖެހޭއޮފީސް:

-  ވަޒީފާއަށް އެދި އީމެއިލް ކުރައްވާނީ [email protected] އަށެވެ.

-  ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 18 ނޮވެމްބަރު 2026 ވަނަ ދުވަހު މެންދުރު 12:00 ގެ ކުރިންނެވެ.

-  މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.

 

-  ނޯޓް:މި އިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް  3323932 ގުޅުއްވުން އެދެމެވެ.

 

08 ނޮވެންބަރު 2026
ހޯދާ