ދިވެހިރާއްޖެ
އިޢުލާން
ވެބްސައިޓް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި އިޢުލާނުގެ އަންދާސީހިސާބު ހުށަހަޅާ ތާރީޚްއާއި ގަޑި ބަދަލުވުން.
ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް) ގެ ވެބްސައިޓެއް ޑިވެލޮޕް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ މިކޮމިޝަނުގެ ނަންބަރު:(IUL)168-PU/1/2026/120 (01 ނޮވެމްބަރު 2026) އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ.
ހަވާލާދީފައިވާ އިޢުލާނުގައި، އަންދާސީހިސާބު ހުށަހެޅުމައް ކަނޑައަޅާފައިވާ ދުވަހަކީ މިހާރު ސަރުކާރު ބަންދު ދުވަހެއްކަމުގައި ހަމަޖައްސަވާފައިވާތީ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 ނޮވެމްބަރު 2026 ވާ އާދިއްތަ ދުވަހުގެ 10:00 އަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (12 ވަނަ ފަންގި ފިލާ / މ. ޗަނބޭލީވިލާ (ސްޓަރ ކްލައުޑް ބިލްޑިންގ) / ކ. މާލެ، މަޖީދީމަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
28 ޖުމާދަލްއޫލާ 1448
08 ނޮވެމްބަރ 2026
