ދިވެހިރާއްޖެ
ޕުރޮގްރެސް ޓު އަ ޤުރުއާނިކް ލައިފްސްޓައިލްގެ ފަރާތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ގުޅިގެން ރަށުގެ 13 އަހަރުން މަތީގެ
ދެޖިންސުގެ ހުރިހާ އުމުރުފުރާއެއްގެ ފަރާތްތަކަށް ބައިވެރިވެވޭނެ ފަދައިން ކުރިޔަށްގެންދެވޭ 'ޤުރުއާން ތިލާވަތު ވަ ތަޖުވީދު ވެބިނާރ 2026' ބޭއްވުމަށް
ވަނީ ހަމަޖެހިފައެވެ. މި ވެބިނާރގެ މަޤުސަދަކީ ކީރިތި ޤުރުއާނުގެ ޢިލްމު ހޯދުމުގެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް ފަހިކޮށްދީ މަގު ކޮށައިދިނުމާއި،
ޤުރުއާނުގެ ތަފާތު ޢިލްމުތަކާއި، ޤުރުއާން ތިލާވަތު، ތަޖުވީދު އަދި ހިފްޒުގެ އާއްމު އެންމެހާ އުސްލޫބުތަކެއް ފޯރުކޮށްދިނުމާއި، ޤުރުއާނުގެ އަހުލުވެރިއަކަށް
ވުމަށް ދިވެހި ގިނަ ދަރިވަރުންތަކަކަށް ބާރުއެޅުމާއިއެކު ކުރިޔަށް ދިއުމުގެ މަގު ފަހިކޮށްދިނުމެވެ.
ވެބިނާރ ބޭއްވުމަށް ހަމަޖެހިފައިވަނީ 15 ނޮވެންބަރ 2026 އިން ފެށިގެން 7 ދުވަހުގެ މުއްދަތަށެވެ.
ޤުރުއާން ތިލާވަތު ވަ ތަޖުވީދު ވެބިނާރގެ ތަފްޞީލު
އަމާޒު ކުރެވޭ އުމުރުފުރާ: ޤުރުއާނަށް ޝައުގުވެރިކަން ހުންނަ 13 އަހަރުން މަތީގެ ކޮންމެ ފަރާތެއް (އަންހެން އަދި ފިރިހެން)
ވެބިނާރގެ ޖުމްލަ ވަގުތު: 14 ގަޑިއިރު
ތާރީޚާއި ގަޑި: 15 ނޮވެމްބަރ 2026 ން 21 ނޮވެމްބަރ 2026އަށް / ރޭގަނޑު 7:45 – 9:45
މާހައުލު: އޮންލައިން (ގޫގުލް މީޓް މެދުވެރިކޮށް)
ބައިވެރިވުމުގެ ފީ: 150 ރުފިޔާ
ވެބިނާރ ނިންމިކަމުގެ ހަނދާނީ ސެޓިފިކެޓު ކޮންމެ ބައިވެރިޔަކަށްވެސް ލިބިގެންދާނެއެވެ. ވެބިނާރ ކުރިޔަށްދާ 14 ގަޑިއިރުގެ ތެރޭގައި ރާވާލައިގެން
ގިނަ ބައިތަކެއް އުނގަންނައިދީ ފޯރުކޮށްދެވޭތީ ވަކިވަކިން އެއްވެސް ބައިވެރިޔަކަށް ޤުރުއާން ކިޔަވަން ފުރުސަތު ނޯންނާނެކަމާއި ވެބިނާރ ނިމުމުން ކޮންމެ
ބައިވެރިއެއްގެވެސް ޤުރުއާން ކިޔެވުމުގެ ރިކޯޑިންއެއް ފޮނުވުމާއި ވަކިވަކި ކިޔެވުންތަކަށް ބިނާކުރަނިވި ފީޑްބެކް ފޮނުވުމަށްވަނީ ހަމަޖެހިފައެވެ.
ވެބިނާރގައި ފޯރުކޮށްދޭނެ މައިގަނޑު ބައިތައް:
|
ޤުރުއާން ތަޖުވީދުގެ ޢާއްމު އެންމެހާ ޙުކުމްތަކެއް |
|
ޤިރާއަތްތަކާއި މަޤާމާތުތައް |
|
ތިލާވާ ކުރުމުގައި ގުންގުޅެންވާ މުހިއްމު އުސްލޫބުތައް |
|
ޤުރުއާން ހިތުދަސްކުރުމަށް ބާރުއެޅުވުމާއި،ހިފްޒުކުރުމަށް ހަރުދަނާ އުސޫލުތަކާއި މަގުތައް އުނގަންނައިދުނުން |
|
ރިވާޔާ ހަފްޞް ޢަން ޢާޞިމްގެ ޝާތްބީ ތަރީޤުގެ މުހިއްމު އެންމެހާ ހުކުމްތައް |
|
ޤުރުއާން ތަދައްބުރުކުރުމާއި ޤުރުއާނުގެ ޢިލްމަށް ސަމާލުކަންދިނުން |
ވީމާ، މި ޕުރޮގްރާމުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 12 ނޮވެންބަރު 2026 ގެ 12:00 ގެ ކުރިން އެކަމަށް ޚާއްސަ ގޫގުލް ފޯމު ފުރުއްވުން
އެދެމެވެ.
ގޫގުލް ފޯމް ލިންކް:
އިތުރުމަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ (ފޯން: 7334755 ) އަށެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
