ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތްހޯދުން.

  ފުވައްމުލަކުގެ އިރު އުތުރު ފަރާތު ރިވެޓްމެންޓު ނިމޭ  ސަރަހައްދުން (އަނބުލް އަތިރި) ހޭޅިފަށް ވަރަށް ބޮޑަށް ގިރައިގެން ދާކަން ވަނީ ފާހަގަ ކުރެވިފައެވެ. މި ކަމުގެ ސަބަބުން އެ ސަރަހައްދުގައި ހުރި ބައެއް ރުއްތައް ވަނީ ވަރަށް ބޮޑަށް ފަސްގަނޑާ އެއްކޮށް ކަނޑައިގެން ގޮސް ވެއްޓެން ކައިރިވެ، އަދި ބައެއް ރުއްތައް ވަނީ ފަސްގަނޑާއެއްކޮށް ކަނޑައިގެންގޮސް މޫދަށް ވެއްޓިފައެވެ. އަދި ރަށްގިރުމުގެ ސަބަބުން އިތުރު ރުއްތަކުގެ އަޑީގައިވާ ފަސްގަނޑު ގިރައިގެން ގޮސް، ފަސްގަނޑު ކެނޑެން ކައިރިވެފައިވާތީ، މި ސަރަހައްދުގައި ނަންބަރު 1 އިން 18 އަށް ނަންބަރު ޖަހާފައިވާ ރުއްތައް މިހާރު ވަނީ ކަނޑާލެވިފައެވެ.

  ވީމާ، މި ރުއްތަކުގެ ވެރިފަރާތެއް ވާނަމަ 15 ނޮވެމްބަރ 2026 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން، ރުއް ރަޖިސްޓްރީކޮށްފައިވާކަމުގެ ލިޔުމުގެ ކޮޕީއެއް ނުވަތަ މިލްކުވެރިކަން އަންގައިދޭ ލިޔުމުގެ ކޮޕީއެއް ފުވައްމުލަކު ސިޓީ ކައުންސިލްގެ   ލޭންޑް ހައުސިންގް އެންޑް ކޮމްޕްލިއަންސް ޔުނިޓަށް  ހުށަހެޅުއްވުން އެދެމެވެ.

08 ނޮވެންބަރު 2026
ހޯދާ