އުނގޫފާރު ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އުނގޫފާރު ސްކޫލްގެ މަލްޓިޕާރޕަސް ހޯލްގެ ވަށައިގެން ގާއެތުރުމާއި ޑިޒައިން ފާރެއް ބިނާކުރުން
އުނގޫފާރު ސްކޫލްގެ މަލްޓިޕާރޕަސް ހޯލްގެ ވަށައިގެން ގާއެތުރުމާއި ޑިޒައިން ފާރެއް ބިނާކުރުން
- މިސްކޫލް މަލްޓިޕާރޕަސް ހޯލް ގެ ވަށައިގެން ޕޭވްމެންޓް ގާއު އެތުރުމާއި ސްކޫލުން ދީފައިވާ ކުރެހުމާ އެއްގޮތައް ޕޭރެންޓް ހިޔާގެ ދެކުނުފަރާތުގައި ފާރެއް ރާނާ ސިމެންތިޖަހާ ކުލަލުމުގެ މަސައްކަތަށް ބީލަން ހުށައެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2026 ނޮވެމްބަރ 09 ން 2026 ނޮވެމްބަރ 12 ގެ ނިޔަލަށް މިއިއުލާނާއެކުގައިވާ "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ތިރީގައިވާ މެއިލް އެޑްރެސްއަށް މެއިލް ކުރެއްވުމައް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 ނޮވެމްބަރ 15 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- މިޕްރޮކިއުމަންޓާ ބެހޭގޮތުން ބާއްވާ ޕްރީ ބިޑް އޮންނާނީ 2026 ނޮވެމްބަރ 15 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މިސްކޫލުގައެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 ނޮވެމްބަރ 17 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިސްކޫލުގައެވެ.
- މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް، ބިޑް ރަޖިސްޓްރީ ފޯރމް، ވޯކްވޭ ޕުލޭން އަދި ބީއޯކިއު މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އުނގޫފާރު ސްކޫލް
ރ.އުނގޫފާރު، ދިވެހިރާއްޖެ.
ފޯން: 6580262
އީ-މެއިލް [email protected]
08 ނޮވެންބަރު 2026
ހޯދާ
