ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
މިކުންފުނީގެ ތިރީގައި މިދަންނަވާ ވެހިކަލްތަކުގެ އޭސީ ތައް މަރާމާތު ކުރަން ބޭނުންވެއެވެ.
- 04 ޓްވިން ކެބް ޕިކަޕް
- 03 ޖީޕް
ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 މާރިޗު 2016 ވާ އާދީއްތަ ދުވަހުގެ 14:00 އަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ އޮފީހަށް ވަޑައިގެން ވެހިކަލްތައް ބަލައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 20 މާރިޗު 2016 ވާ އާދީއްތަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިކުންފުނީގެ އެޑްމިން އޮފީހުގައެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6898515 / 6898010 ފޯނާ ގުޅުއްވުމުން ނުވަތަ އަދި [email protected] އަށް މެއިލް ކުރެއްވުމުން މަޢުލޫމާތު ފޯރުކޮށްދެވޭނެ ވާހަކަ ދެންނެވީމެވެ.