ދިވެހިރާއްޖެ
އަގު ހުށަހެޅުމުގެ ދައުވަތު
އެފް.އޭ.އެމުން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައވާ " އެފް.އޭ.އެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026 " ޒޯން މުބާރާތަށް ތިރީގައި އެވާ ކަންތައްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
- މުބާރާތް ލައިވްކުރުން
- މުބާރާތުގެ ފޮޓޯގުރަފީ
- ފައިނަލް މެޗްގެ ހޯސްޓިންގް އަދި ކޮމެންޓްރީ
- ފައިނަލް މެޗްގެ ސައުންޑް، ލައިޓިންގް އަދި ނިންމުމުގެ ރަސްމިއްޔާތަށް ކޮންފެޓީ އަދި ކޯލްޑް ފަޔާރ އެރުވުން
|
މުބާރާތުގެ މުއްދަތު |
14 ނޮވެމްބަރު 2026 ން 28 ނޮވެމްބަރު 2026 ށް ( 15 ދުވަސް ) |
- މި މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 10 ނޮވެމްބަރު 2026 ވާ އަންގާރަ ދުވަހުގެ 13:45 އަށް މިކައުންސިލަށް ދުރުވެ ނުވަތަ ކައުންސިލް ޕްރޮކިއުމެންޓް މެއިލް [email protected] އިން ކޯޓޭޝަން ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަގު ހުށަހަޅުއްވާއިރު ދަތުރު، ކެއުން، އަދި ހުރުން ނުހިމަނުއްވާ އަގު ހުށަހެޅުއްވުމަށް ވެސް ދަންނަވަމެވެ.
- އަގުބަލާފޯމާއި އެކު ތިރީގައި މިދަންނަވާ ލިޔުންތައް ހުށަހެޅުވުމަށް ދަންނަވަމެވެ.
ވިޔަފާރި ރަޖިސްޓްރީ ކޮޕީ
ވިޔަފާރި ވެރިފަރާތުގެ އައި.ޑީ.ކާޑު ކޮޕީ
މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެކަމަށާއި، އަގުބަލާ ފޯމް މިއިދާރާއިން ލިބެން ހުންނާނެކަމުގައި ވެސް ދެންނެވީމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
