ދިވެހިރާއްޖެ
ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު
އެފް.އެސް.އެމް ކ.ތިލަފުށި ސައިޓްގެ ޖެޓީއާއި، ސ.ގަން ސައިޓުގެ ފިއުލް ޖެޓީ ރަނގަޅު ފެންވަރަކަށް މަރާމާތުކުރުމަށް ބޭނުންވެފައިވާތީ، ޖެޓީގެ ޑީޓެއިލް ޑްރޯވިންގ އާއި ޓެކްނިކަލް ސްޕެސިފިކޭޝަން އަދި ޢަމަލީ މަސައްކަތް ހިނގަމުންދާއިރު ކޮންސަލްޓެންސީގެ ޚިދުމަތް ދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނު (ނަންބަރު: FSM-ADV-2016/009) އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެއިޢުލާނު ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މަތީގައި ދެންނެވުނު މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 މާރިޗު 2016 ވާ ބުދަ ދުވަހުގެ 14:00 އަށް، އެސްޓީއޯ އައިފާނު ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައިއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު، ޑީޓެއިލް ޑްރޯވިންގ އާއި ޓެކްނިކަލް ސްޕެސިފިކޭޝަންގެ އަގު ވަކިން އަދި ކޮންސަލްޓެންސީ ޚިދުމަތުގެ އަގު ވަކިން ހުށަހެޅުމަށް ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3331457 ނުވަތަ 3331453 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.