މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެމް.ޓީ.ސީ.ސީގެ 2026 ވަނަ އަހަރުގެ ޚާއްޞަ ޢާންމު ޖަލްސާއަށް ބުކް ކްލޯޒް ކުރާ ތާރީޚު
މި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ޢާންމު ޙިއްޞާދާރުން ތަމްޞީލުކުރާ ޑިރެކްޓަރުންގެ ތެރެއިން ހުސްވެފައިވާ މަޤާމަށް ޑިރެކްޓަރެއް އިންތިޚާބުކުރުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ޚާއްޞަ ޢާންމު ޖަލްސާއެއް ބޭއްވުމަށް ނިންމަވާފައެވެ.
އެގޮތުން މި ޖަލްސާގައި ބައިވެރިވެވޭނީ، 2026 ނޮވެމްބަރ 22 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ކުންފުނީގެ ޙިއްޞާދާރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމުގައި ކުންފުނީގެ ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި އިޢުލާންކުރަމެވެ.
05 ނޮވެންބަރު 2026
ހޯދާ
