ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ: ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ބޭނުންވާ (Apple MacBook Pro) ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ބޭނުންވާ (Apple MacBook Pro) ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިއިޢުލާނާއެކު ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެއްއުރަ ކުރެވިފައި ވާނެއެވެ. 

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމާއި  ބީލަމާ ގުޅޭގޮތުން ސުވާލު ފޮނުވުން

 

https://forms.office.com/r/Bx2mdhMvuj

ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރަންވާނީ މަތީގައިވާ ލިންކް މެދުވެރިކޮށެވެ. 11 ނޮވެމްބަރ 2026 ވާ ބުދަ ދުވަހުގެ 23:59ގެ ކުރިން ބީލަން ހުށަހެޅުއްވުމަށް ރަޖިސްޓަރީ ކޮށް، ބީލަމާގުޅޭ ގޮތުން އެއްވެސް ސުވާލެއް އޮތްނަމަ  [email protected] އަށް އީމެއިލް ކުރުމުން، 12 ނޮވެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 23:59ގެ ކުރިން، ބިޑު ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ ހުރިހާ ފަރާތްތަކަށް ޖަވާބު ފޮނުވޭނެއެވެ.

ނޯޓް: މިއިޢުލާނާއެކު ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެއްއުރަ ކުރެވިފައި އެވަނީއެވެ.

 

ބީލަން ހުށަހެޅުމާއި ހުޅުވަންވީ

ތަނާއި ސުންގަޑި

 

19 ނޮވެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 10:30ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި، 

ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަތީގައި ބަޔާން ކޮށްފައިވާ ލިންކް މެދުވެރިކޮށް ބިޑު ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުޅުވުމަށް ހަމަޖައްސާފައިވާ ތާރީޚަކީ އެއްވެސް ސަބަބަކާ ހުރެ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ މަތީގައި ބަޔާންކޮށްފައިވާ ގަޑީގައެވެ.

05 ނޮވެންބަރު 2026
ހޯދާ