ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އިޢުލާން ނަމްބަރު: MNU-CA-PAMD/2026/143 (ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސ. ހިތަދޫ ކެމްޕަހުގެ ކެމްޕަސް 2 ގައި ޢިމާރާތްކޮށްފައިވާ ފިހާރަބަރި (08 ފިހާރަ) ކުއްޔަށް ދިނުން) - އިޞްލާޙް 1

އިޞްލާޙް-1

އިޢުލާން ނަންބަރު

MNU-CA-PAMD/2026/143

އިޢުލާނުގެ ތާރީޚް

20 އޮކްޓޯބަރ 2026

ބީލަމުގެ ނަން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސ. ހިތަދޫ ކެމްޕަހުގެ ކެމްޕަސް 2 ގައި ޢިމާރާތްކޮށްފައިވާ ފިހާރަބަރި (08 ފިހާރަ) ކުއްޔަށް ދިނުން

 

 

މި ޔުނިވަރސިޓީން 20 އޮކްޓޯބަރ 2026 ގައި ކުރި ނަންބަރު: MNU-CA-PAMD/2026/143 (ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސ. ހިތަދޫ ކެމްޕަހުގެ ކެމްޕަސް 2 ގައި ޢިމާރާތްކޮށްފައިވާ ފިހާރަބަރި (08 ފިހާރަ) ކުއްޔަށް ދިނުން) އިޢުލާނަށް ބޭއްވުނު ޕްރީބިޑް މީޓިންގ އަށް ފަހު ލިބުނު ޚިޔާލުތަކަށް ރިޢާޔަތްކޮށް، މި އިޢުލާނަށާއި، އިޢުލާނުގެ މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަމަށްވާ ސެކްޝަން 3 އަކަށް ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފައެވެ. ގެނެވުނު ބަދަލުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ. މި އިޞްލާޙާއި އެކު އެއްހީރަސްކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައި ގެނެވިފައިވާ ބަދަލުތައް ރަތް ކުލައިން ފާހަގަކުރެވިފައިވާނެއެވެ.

 

  1. ޔުނިވަރސިޓީގެ ޕްރޮކިއުމަންޓް އިޢުލާންތަކަށް ޢާއްމުކޮށް ހިނގާ އުޞޫލުތައް ބަޔާންކޮށްފައިވާ ސެކްޝަން 2 (ބީލަން ހުށަހަޅާ ފަރާތަށް ދެވޭ އިރުޝާދު) އަކީ މިހާރު މި އިޢުލާނުން އުނިކުރެވިފައިވާ ބައެކެވެ.
  2. މި ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި 12 ނޮވެމްބަރ 2026 ވަނަ ދުވަހުގެ 14:00 އަށް ވަނީ ބަދަލުކުރެވިފައެވެ.
  3. ސެކްޝަން 3 ކަށް މައިގަނޑު ގޮތެއްގައި ގެނެވިފައިވާ ބަދަލުތައް ތިރީގައި އެވަނީއެވެ. މީގެއިތުރުން ވެސް ގެނެވިފައިވާ ބަދަލުތައް މަޢުލޫމާތު ކަރުދާހުގައި ރަތްކުލައިން ފާހަގަކުރެވިފައިވާނެއެވެ.

3.1. ފިހާރައިގެ ކުލިތައް ފެށެ އަގެއްގެ ގޮތުގައި ޔުނިވަރސިޓީން ކަނޑައަޅާ އަގަކީ ކުއްޔަށް ދޫކުރާ ފިހާރައިގެ އަކަފޫޓަކަށް ކޮންމެ މަހަކަށް 6 ރ (ހަ ރުފިޔާ) ގެ އަގެކެވެ.

3.2. ފިހާރަތަކުގެ މެއިންޓެނެންސް ފީގެ ގޮތުގައި އެ ފިހާރައިގެ ބޮޑު މިނުގެ ރޭޓުން ކޮންމެ އަކަފޫޓަކަށް 1.75ރ ކޮންމެ މަހަކަށް ނެގޭނެއެވެ. މިއީ 2 އަހަރު ފަހުން މުރާޖާކުރެވޭނެ ރޭޓެކެވެ.

3.3. ފިހާރަ ކުއްޔަށް ދޫކުރެވޭ ފަރާތަށް ގްރޭސް ޕީރިއަޑްގެ ގޮތުގައި ދެވޭނީ 3 (ތިން މަސް) ދުވަހެވެ. ކުލި ހިނގާނީ މި 3 މަހުގެ ފަހުންނެވެ.

3.4. 3 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނުފެށިއްޖެނަމަ، މުއްދަތު އިތުރުކުރެވޭނީ ކުއްޔަށް ހިފާ ފަރާތުގެ ބާރު ނުފޯރާ ފަދަ ހާލަތެއް ދިމާވެއްޖެ ހިނދެއްގައި އެފަރާތުން ހުށަހަޅާ ލިޔެކިޔުމަށް ބަލައި ޔުނިވަރސިޓީން ހުއްދަ ދިނުމުންނެވެ. މިގޮތަށް އިތުރުކުރެވޭނީ އެންމެ ގިނަވެގެން 02 މަސް ދުވަހެވެ. މި މުއްދަތުގައި ފިހާރައިގެ ކުލި ހިނގާނެއެވެ.

3.5. މި އިޢުލާނާއި ގުޅިގެން ކޮންމެ ކެޓަގަރީއަކަށް ވެސް ހުށަހެޅޭނީ 1 ބީލަމެވެ.  އަދި ކެޓަގަރީ A  އަދި B އަށް ވެސް ބީލަން ހުށަހަޅަން ބޭނުންނަމަ އެފަރާތްތަކުން ކޮންމެ ކެޓަގަރީއަކަށް ވަކި ސިޓީއުރައެއްގައި ވަކި ބީލަން ހުށަހެޅިދާނެއެވެ.

3.6. ބީލަން ހުށަހަޅާއިރު، ބީލަމަށް ރަޖިސްޓްރީވި ފޯމު ބީލަމާއެކު ހުށަހަޅަން ވާނެއެވެ.

3.7. އަދި އެނެކްސް 2 ގެ މާކްސް ދިނުމުގެ ދާއިރާތަކުގެ ދަށުން ބަޔާންކޮށްފައިވާ މިކަމާއި ގުޅޭ ލިޔުންތައް ބީލަމާއެކު ހުށަހަޅަންވާނެއެވެ.

 

 

މިހެންވެ، މަޢުލޫމާތަށް ޓަކައި މިވާހަކަ ދެންނެވީމެވެ.

05 ނޮވެންބަރު 2026
ހޯދާ