މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަން ކުރުމަށް ވަގުތީ ގޮތުން ބިންދޫކުރުން

            މިރަށު ރަސްމީ ފުޓްބޯޅަ ދަނޑުގެ އިރަށް އޮތް ބްލޮކް ނަންބަރު 97 އިން ރޯދަމަހަށް ޚާއްސަ ކޮށްގެން ތަކެތި އިންދާ ހެއްދުމަށް 4 ބިމެއް، ހަތަރުމަސް ދުވަހުގެ މުއްދަތަށް ދޫކުރުމަށް މިކައުންސިލުން ނިންމާފައިވާތީ، ދަނޑުވެރިކަން ކުރުމަށް ބިމަށް އެދުމުގެ ފުރުޞަތު ރ. އަލިފުށި ރައްޔިތުންނަށް ހުޅުވާލަމެވެ.  

ބިމުގެ ބޮޑުމިން : 5330 އަކަފޫޓު

މުއްދަތު :  4 މަސްދުވަސް

ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ އަދަދު: 4

            ވީމާ، ދަނޑުވެރިކަން ކުރުމަށް ބިން ބޭނުންވާ ފަރާތްތަކުން 2026 ނޮވެންބަރު 18 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ކައުންސިލަށް ދަނޑުބިމަށް އެދި އައިޑީ ކާޑުގެ ކޮޕީއާއި އެކު ސިޓީ ހުށަހެޅުމަށް ދަންނަވަމެވެ. ބިމުގެ އަދަދަށް ވުރެ ބިމަށް އެދޭ ފަރާތްތަކުގެ އަދަދު ގިނަ ނަމަ، ބިން ލިބޭފަރާތްތައް ކަނޑައަޅާނީ ގުރުއަތު ލައިގެންނެވެ.

 

             މިހެންވެ މިކަން އާންމުކޮށްއަންގާ އިޢުލާނު ކުރީމެވެ.

               25 ޖުމާދުލްއައްވަލް 1448

05 ނޮވެންބަރު 2026
ހޯދާ