އދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ޓައީ ތައްޔާރުކޮށް ވިއްކައިދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

ޓައީ ތައްޔާރުކޮށް ވިއްކައިދޭނެ ފަރާތެއް ހޯދުމާބެހޭ

މިމަރުކަޒުގެ ނަންބަރު: IUL)GS-10/INDIV/2016/5)ފ(9 ފެބުރުވަރީ 2016) އިޢުލާނަށް އެކަށީގެންވާ އަދަދަކަށް ހުށަހެޅުންތައް ލިބިފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

މި ސްކޫލުގެ ދަރިވަރުން ބޭނުންކުރާ ޔުނީފޯމާއެކު ބޭނުންކުރުމަށް ހަމަޖެހިފައިވާ ޓައީ ސްކޫލުން ދޭ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މާރިޗު 8 ވާ އަންގާރަ ދުވަހުގެ 13:30 އަށް މި މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ނުވަތަ 2016 މާރިޗު 8 ވާ އަންގާރަ ދުވަހުގެ 12:00 އާއި 13:00 އާ ދެމެދު މިމަރުކަޒުގެ ނަމްބަރު 6680024 އާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

އަދި 2016 މާރިޗު 10 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ނުވަތަ އެދުވަހުގެ 13:30 ގެ ކުރިން މިމަރުކަޒުގެ އީމެއިލް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ފޮނުއްވާ / ހުށަހަޅުއްވާ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

29 ފެބުރުވަރީ 2016
ހޯދާ