މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ކޭޓަރިންގގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ

ކޭޓަރިންގގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ

މި ބިއުރޯގެ ފަރާތުން ކުރިއަށް ގެންދާ 2 ވޯކްޝޮޕަކަށް ކޭޓަރިންގގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް  ކޮށްދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2026 ނޮވެމްބަރު 12 ވަނަ ދުވަހުގެ 11:00 އަށް މިބިއުރޯ ހިނގަމުންދާ ޢިމާރާތް "ދާރުލް އީމާން ބިލްޑިންގ"ގެ 8 ވަނަ ފަންގިފިލާއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ބީލަން ހުށަހަޅަން ބުނެފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވެއްޖެނަމަ ދެން ހުޅުވޭ ދުވަހު ދީފައިވާ ގަޑީގައި ބީލަން ބަލައިގަތުން އޮންނާނެއެވެ.

 

ވީމާ، ބީލަން ހުށަހަޅުއްވަން ބޭފުޅުވެލައްވާ ފަރާތްތަކުން 2026 ނޮވެމްބަރު 11 ވަނަ ދުވަހުގެ 14:00 ކުރިން ތިރީގައި ދެންނެވިފައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ބީލަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މިބީލަމާބެހޭ މައުލޫމާތު ޝީޓް މިލިންކުން ލިބިވަޑައިގަންނަވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތެއް ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ފޯން ނަންބަރު 3008400 އަށް ގުޅުންވުން އެދެމެވެ.

ބިޑް ރަޖިސްޓްރޭޝަން ލިންކް. https://bids.stats.gov.mv

 

            25 ޖުމާދަލްއޫލާ 1448

            5 ނޮވެމްބަރު 2026

05 ނޮވެންބަރު 2026
ހޯދާ