އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
މަސައްކަތު ގްރޭޑް 1

ވަޒީފާގެ ފުރުޞަތު

މަޤާމް

މަސައްކަތު ގްރޭޑް 1

ބޭނުންވާ ޢަދަދު

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން

އެންޓި-ކޮރަޕްޝަން ކޮމިޝަން (އައްޑޫ ސިޓީ ބިޔުރޯ)

މުސާރައާއި ޢިނާޔަތްތައް

  1. މުސާރަ:       -/4,000 ރުފިޔާ
  2. ޑެއިލީ އެލަވަންސް: -/46 ރުފިޔާ

ޝަރުޠު

1. ލިޔަންކިޔަން އެނގުން.

2. އުމުރުން 50 އަހަރުވެފައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތު

އޮފީސް ފޮޅައި ސާފުކުރުމުގެ މަސައްކަތް ކުރުމާއި، އޮފީހުން އެކި ފަރާތަތަކަށް ޙަވާލުކުރަންޖެހޭ ސިޓީއާއި، މެސެޖް އަދި ޗިޓްފަދަ ތަކެތި އެފަރާތްތަކަށް ރައްދުކުރުން.

ހުށަހަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. އައިޑީ ކާޑުގެ ފޮޓޯކޮޕީ.

ސުންގަޑި

15 މާރިޗު 2016 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން

އިތުރު މަޢުލޫމާތު

  1. އެޕްލިކޭޝަން ފޯމު ހުށަހަޅަން ޖެހޭނީ ހުރަވީ ބިލްޑިންގގެ ދެވަނަ ފަންގިފިލާގައި ހުންނަ މި ކޮމިޝަނުގެ ކައުންޓަރަށް ނުވަތަ އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މި ކޮމިޝަންގެ ސަދަން ރީޖަނަލް އޮފީހަށެވެ.
  2. އެޕްލިކޭޝަން ފޯމު އޮންލައިން ކޮށް ނުވަތަ އީ-މެއިލް މެދުވެރިކޮށް ހުށަނޭޅޭނެއެވެ.
  3. އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވިފައިވާ ކެންޑިޑޭޓުންނަށެވެ.
  4. އިންޓަރވިއުއަށް ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ މަޢުލޫމާތު، ޝޯޓްލިސްޓްކޮށް ނިމުމުން ކޮމިޝަންގެ ވެބްސައިޓުގައި ޝާއިޢު ކުރާނެއެވެ.
  5. ވަޒީފާއަށް އެދޭ ފޯމު މި ކޮމިޝަނުގެ ކައުންޓަރުންނާއި، މި ކޮމިޝަންގެ ވެބްސައިޓް www.acc.gov.mv އަދި އައްޑޫ ސިޓީކައުންސިލުން ލިބިވަޑައިގަންނަވާނެއެވެ.
  6. މަޢުލޫމާތު ފުރިހަމަނުވެ ހުންނަ ފޯމާއި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައިނުގަނެވޭނެއެވެ.
  7. ފޯމު ބަލައިގަތުމަށްފަހުގައިވެސް ޞައްޙަނޫން މަޢުލޫމާތެއް ހިމަނާފައިވާކަން ނުވަތަ ޝަރުޠު ހަމަނުވާ ކަމަށް ފާހަގަވެއްޖެނަމަ އެ ފޯމެއް ބާޠިލުކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯނު ނަންބަރު: 3015217 / 3015200

ފެކްސް ނަންބަރު: 3317182

އީމެއިލް: [email protected]

03 މާރިޗު 2016
ހޯދާ