ޅ. އަތޮޅު މަދަރުސާ، ޅ. ކުރެންދޫ
ދިވެހިރާއްޖެ
2027 ވަނަ އަހަރު ޅ.އަތޮޅު މަދަރުސާގެ ސެކިޔުރިޓީ ބަލަހައްޓާދޭނޭ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. މި ބީލަމަކީ ޅ.އަތޮޅު މަދަރުސާގެ 2027 ވަނަ އަހަރު ސެކިޔުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލެވިފައިވާ ބީލަމެކެވެ. މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

  1. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 05 ނޮވެމްބަރ 2026 ން 16 ނޮވެމްބަރ 2026 ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް "ބިޑް ރެޖިސްޓްރޭޝަން ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި ބީލަމުގައި ބައިވެރިވެވޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  2. ބިޑް ރެޖިސްޓްރޭޝަން ލިންކް  :  https://forms.gle/zc3Ce36HzbPNfeyw9

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  24 ނޮވެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 11:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ގުޅޭ "ބީލަން ފޮތް" މި އިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާނެއެވެ.

 

  1. ބިޑް ހުޅުވުން އޮންނާނީ 24 ނޮވެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 11:00ގައި ޅ.އަތޮޅު މަދަރުސާގެ އޮފީހުގައެވެ.

 

  1. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

ޅ.އަތޮޅު މަދަރުސާ

ޅ.ކުރެންދޫ، ދިވެހިރާއްޖެ.

ފޯން:  6620038 / 9784340

އީ-މެއިލް: [email protected]

 

25 ޖުމާދަލްޢޫލާ 1448

05 ނޮވެމްބަރ 2026

05 ނޮވެންބަރު 2026
ހޯދާ