ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ ގޮނޑުދޮށުން ވެލި، އަކިރި، ނެގުން މަނާކުރުން.

ވޭމަންޑޫގެ ގޮނޑުދޮށުން މިހާރަކަށްއައިސް ޤަވާޢިދާއި ޚިލާފަށް ވެއްޔާއި އަކިރިނެގުމުގެ ޝަކުވާ މިކައުންސިލަށް ދަނީ ލިބެމުންނެވެ. މިކަމަކީ ޤާނޫނު ނަމްބަރު: 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރަށްކާތެރިކޮށް ބެލެހެއްޓުމުގެ ޤާނޫނު) ގެ ދަށުން ހެދިފައިވާ ޤަވާޢިދު ނަމްބަރު R-9/2012 (ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާޢިދު) ގެ ދަށުން ފިޔަވަޅު އެޅޭނެކުށެއް ކަމުގައި ދަންނަވަމެވެ.

ވީމާ، ރަށުގެ ގޮނޑުދޮށުން ވެއްޔާއި އަކިރި ނަގަމުންދާ ފަރާތްތަކާއިމެދު ޤަވާޢިދުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅަމުންދާނެ ކަމުގައި ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

25 ޖުމާދަލްއޫލާ 1448

05 ނޮވެމްބަރު 2026

05 ނޮވެންބަރު 2026
ހޯދާ