މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މިއިދާރާގެ ވެބްސައިޓް ފަރުމާކުރުމާއި ޑިވެލޮޕް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މިމަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މާރިޗު 6 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 މާރިޗު 10 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް  އެދި ހުށަހަޅާ ފަރާތްތަކުގެތެރެއިން ޖީ.އެސް.ޓީއަށް ރަޖިސްޓަރީ ކުރެވިފައިވާ ފަރާތެއްވާނަމަ އަންދާސީހިސާބާއެކު ޖީ.އެސް.ޓީ ރެޖިސްޓްރޭޝަނުގެ ކޮޕީ ނުވަތަ ޓިން ނަންބަރު ހުށަހެޅުއްވުން އެދެމެވެ. އަދި ކުންފުންޏެއްނަމަ، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ.

ކަނޑައެޅިފައިވާ ދުވަހު ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނޯންނާނެކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

ހުށަހެޅުމަށް މާކްސް ދޭ ކްރައިޓީރިއާ

މާކްސް ދެވޭ ކްރައިޓީރިއާ

މާކްސް ދެވޭގޮތް

ތަފުސީލު

ފޯމިއުލާ

އަގު

80%

  • ޚިދުމަތުގެ އަގަށް ދޭ މާކްސް
  • މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

ތަޖުރިބާ

10%

  • މަސައްކަތުގެ ދާއިރާގައި ޚިދުމަތް ދިން މުއްދަތު (އަހަރު)
  • މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން މަސައްކަތުގެ ދާއިރާގައި އެންމެ ގިނަ އަހަރުވެފައިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް
  • މި ގޮތުން އެންމެ ގިނަ މާކްސް ލިބޭނީ މަސައްކަތުގެ ދާއިރާގައި  އެންމެ ގިނަ އަހަރު ޚިދުމަތް ދީފައިވާ ފަރާތަށެވެ.

(Submitted years of experience / Benchmark years) x Allocated Percentage

މުއްދަތު

10%
  • މި ބައިގައި މާކްސް ދެވޭނީ މަސައްކަތުގެ މުއްދަތަށް ބަލައި އެންމެ ކުޑަމުއްދަތު ހުށަހަޅާ ތަރުތީބުންނެވެ.

 

(Benchmark Delivery Period / Submitted Delivery Period) x Allocated Percentage

20 ޖުމާދަލްއޫލާ 1437

29 ފެބުރުވަރީ 2016
ހޯދާ