ދިވެހިރާއްޖެ
ސިނާއީ މަސައްކަތް ކުރުމަށް މިރަށު ކުނިގޮނޑު ކައިރިން 15000 އަކަފޫޓް ބިމެއް، ކުއްޔަކާނުލާ ދޭގޮތަށް، އަމިއްލަ ޚަރަދުގައި ކުނިގޮނޑު މެނޭޖްކޮށް ބެލެހެއްޓުމާއި ރަށުގެ ކުނި ތިލަފުއްޓަށް ގެންދިއުމުގެ މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯޝަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތްކުރުމަށް ޝައުޤުވެލައްވާ ފަރާތްތަކުން، 12 ނޮވެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރައްވާނީ ކައުންސިލް އިދާރާއަށް ދުރުވެ، ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކޮށްގެންނެވެ. ނުވަތަ މިކައުންސިލްގެ އީމެއިލް އެޑްރެސް: [email protected] އަށް ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު އީމެއިލް ކުރައްވައިގެންނެވެ. ރަޖިސްޓްރޭޝަން ޝީޓް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ރަޖިސްޓްރީ ކުރެއްވުމުން ޕްރޮޕޯޝަލް ހުށަހަޅަންވީގޮތުގެ ނަމޫނާ ހިތްސާ ކުރެވޭނެއެވެ.
ޕްރޮޕޯޝަލް ހުށަހެޅުއްވުމާއި ޕްރޮޕޯޝަލް ހުޅުވުން އޮންނާނީ 18 ނޮވެމްބަރ 2026 ވާ ބުދަ ދުވަހު 13:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. ޕްރޮޕޯޝަލް ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ ޕްރޮޕޯޝަލް ބަލައެއް ނުގަނެވޭނެއެވެ. ޕްރޮޕޯޝަލް ހުށަހެޅުމަށް ބަދަލުގައި ވަޑައިގަންނަވާނަމަ ވެރިފަރާތުގެ ސިޓީއާއި ބަދަލުގައި އަންނަ ފަރާތުގެ އައިޑީކާޑްގެ ކޮޕީ ގެންނަންވާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
