ދ. އަތޮޅު މަދަރުސާ، ދ. މީދޫ
ދިވެހިރާއްޖެ
2027 ވަނަ އަހަރު ސްކޫލްގެ ޢިމާރާތާއި ގޯތީގެ ސެކިޔުރިޓީ އައުޓުސޯސްކޮށްގެން ހިންގާ ބެލެހެއްޓުން

  1. 01 ފެބުރުއަރީ 2027 އިން ފެށިގެން 31 ޖެނުއަރީ 2028 ގެ ނިޔަލަށް މިސްކޫލްގެ ސެކިޔުރިޓީ އައުޓުސޯސް ކޮށްގެން ހިންގާ ބަލަހައްޓަދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މި މަސައްކަތްކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2026 ނޮވެމްބަރ 05 ން 2026 ނޮވެމްބަރ 12 ގެ ނިޔަލަށް ތިރީގައިވާ މެއިލް މެދުވެރިކޮށް ބިޑް ރަޖިސްޓްރީ ކުރެއްވުމަށް މި ދަންނަވާ މަޢުލޫމާތު ފޮނުއްވުމަށް ދެންނެވީމެވެ. ނަންނޯޓް ކުރައްވާއިރު ނަމާއި،ރަޖިސްޓްރީ ނަންބަރ،އީމެއިލް އެޑްރެސް،ފޯނު ނަންބަރ ލިޔުއްވުން އެދެމެވެ.ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 ނޮވެމްބަރ 12 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 ނޮވެމްބަރ 19 ވަނަ ދުވަހުގެ 11:00 ގައި ދ.އަތޮޅު މަދަރުސާގެ އޮފީހުގައެވެ.
  6. މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  7. މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ދ.އަތޮޅު މަދަރުސާ

ދ.މީދޫ    

ފޯން:  7952915

އީ-މެއިލް: [email protected]

 

05 ނޮވެންބަރު 2026
ހޯދާ