މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް
ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 19 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ބިމެއް ކައުންސިލްގެ އިޚްތިޞާޞުން ވަކިކޮށް ދަޢުލަތުގެ މިލްކިއްޔާތުގެ ގޮތުގައި ކަނޑައެޅުމާ ގުޅޭ

     ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫޢަށް ކުޅުދުއްފުށީ ޕޯޓް ސަރަހައްދުން ކޮންމެހެން ބޭނުންވާ ބިން މި މަޝްރޫޢުގެ މަސައްކަތްތައް ހިންގުމަށްޓަކައި ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނު) ގެ 56-2 ވަނަ މާއްދާގެ (ނ) އަދި (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިޚްތިޞާޞުން ވަކިކޮށް، ދައުލަތުގެ މިލްކިއްޔާތުގެ ގޮތުގައި ކަނޑައެޅުމަށް ހަމަޖެހިފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ. އިސްވެ ދެންނެވުނު ބިމާ ގުޅޭ ތަފްޞީލު މި އިޢުލާނާއެކު އެއްކަރުދާސްކޮށްފައިވާ ލިސްޓުގައި ހިމަނާފައިވާނެއެވެ.

     މި މަޝްރޫޢާ ގުޅޭގޮތުން ޚިޔާލެއް ނުވަތަ ޝަކުވާ ހުށަހެޅުމަށް އެއްވެސް ފަރާތަކުން ބޭނުންވާނަމަ މިއަދުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެކަން މި މިނިސްޓްރީއަށް ލިޔުމުން ހުށަހެޅުމަށް ދަންނަވަމެވެ.

05 ނޮވެންބަރު 2026
ހޯދާ