ދިވެހިރާއްޖެ
2027 ވަނަ އަހަރު، މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމާއި ގުޅޭ!
1 ޖެނުއަރީ 2027 އިން 31 ޑިސެންބަރު 2027 އަށް މި ސްކޫލުގެ ސެކިއުރިޓީ، ކޮންޓްރެކްޓް އުޞޫލުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތުވަނީ އާންމުކޮށް ހުޅުވާލެވިފައެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވެ، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.
|
ބީލަމުގައި ރަޖިސްޓްރީވުން |
މަޢުލޫމާތު ސާފުކުރުމަށް |
ބިޑް ހުށަހެޅުން |
|
ލިންކް: https://forms.gle/bcDbU7fQTucovJ1D6 |
ގުޅޭނެ ނަންބަރު: 6500247 އީމެއިލް އެޑްރެސް: admin@vashafaruschool.edu.mv |
ތާރީޚް: 18 ނޮވެންބަރު 2026 |
|
ތާރީޚާއި ސުންގަނޑި: މިބީލަމުގައި ރަޖިސްޓްރީ ކުރުމަށް 05 ނޮވެންބަރު އިން ފެށިގެން 12 ނޮވެންބަރު 2026 ގެ 14:00 ގެ ނިޔަލަށް. |
ތާރީޚް: 17 ނޮވެންބަރު 2026 |
ތަން އަދި ސުންގަޑި: ވަށަފަރު ސްކޫލް 11:00 |
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ބީލަން ހުށައަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ސެކިއުރިޓީ ބަލަހައްޓައިދިނުމުގެ ޚިދުމަތް ދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅު ވެލައްވާނަމަ، ރަސްމީ ގަޑީގައި މި ސްކޫލްގެ 6500247 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
25 ޖުމާދަލްއޫލާ 1448
